މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމިކް ސްޓޫޑިއޯގެ އިންޖިނިއަރިންގ އޮފިސަރ (ބްރޯޑްކާސްޓިންގ) މަޤާމަށް މީހަކު ހޯދުން

އިޢުލާން

މަގާމް:

އިންޖިނިއަރިންގ އޮފިސަރ (ބްރޯޑްކާސްޓިންގ)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މުއްދަތު: 02 (ދޭއް) އަހަރު

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ލެވެލް:

ކޯޑިނޭޓަރ

ސެކްޝަން/ޔުނިޓު:

އިސްލާމިކް ސްޓޫޑިއޯ

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ

މުސާރަ މަހަކު:

މަހަކު -/8000ރ (އަށްހާސް ރުފިޔާ)

 1. އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/200ރ (ދުއިސައްތަ ރުފިޔާ)
 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަގާމުގެ ޝަރުތު

 1. 1.  މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއަކުން 2 (ދޭއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. 2.  މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއަކުން 4 (ހަތަރެއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 3. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 6 (ހައެއް) އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 4. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 10 (ދިހައެއް) އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

 1. ސްޓޫޑިއޯ ވެރިޔާގެ ލަފާގެ މަތިން ޓީވީ ސްޓޭޝަންގެ ހުރިހާ ޓެކްނިކަލް ކަންތައްތައް ބެލެހެއްޓުން
 2. ޓެލެކާސްޓިން، ބްރޯޑްކާސްޓިން އަދި ވެބްކާސްޓިންއަށް ބޭނުންވާނެ އެންމެހާ އިކުއިޕްމަންޓާއި ސެޓަޕް ރާވާ ބަލަހައްޓާ އަދި ދިމާވާ މައްސަލަތައް ހައްލުކުރުން.
 3. ސްޓޫޑިއޯ ހުރިހާ އިކްއިޕްމަންޓްސްއަށް ދިމާވާ މައްސަލަތައް ޙައްލުކުރުން
 4. މިނިސްޓްރީން ބޭނުންކުރާ ލެޑްވޯލް ޑިސްޕްލޭތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ބެލެހެއްޓުން.
 5. އާއްމުކޮށް ބޭނުން ކުރަންޖެހޭ އިކްއިޕްމަންޓްސް އަބަދުވެސް ބޭނުން ކުރެވޭ ގޮތައް ރަނގަޅަށް ހުރިތޯ ބަލާ، ކޮންމެވަގުތަކުވެސް ބޭނުން ކުރެވޭ ގޮތައް ބެލެހެއްޓުން
 6. ތަނުން ލިބެންހުރި ވަސީލަތާއި މުވައްޒަފުން ބޭނުން ކޮށްގެން ހައްލުނުކުރެވޭ ނުވަތަ ނުވާވަރުގެ މައްސަލައެއް ނަމަ ވެރިއެއްގެ ލަފާގެ މަތިން ބޭރުން ބަޔަކާ، ނުވަތަ ތަނަކާ ޙަވަލުކޮށްގެން އެކަމެއް ހައްލުކުރުން،
 7. އަލަށްހޯދާ އިޕްއިޕްމެންޓްސް ލައިވް ނުވަތަ ރެކޯރޑިންއަކަށް ބޭނުން ކުރުމުގެ ކުރިން ހުރިހާ ގޮތަކަށް އެ އިކްއިޕްމެންޓެއް ބަލާ މައްސަލައެއް ދިމާނުވާނެ ގޮތަކަށް އިކްއިޕްމެންޓްސް ބޭނުން ކުރެވޭނެ ގޮތް ހެދުން.
 8. އިތުރަށް އިކްއިޕްމެންޓްސް ހޯދަން ޖެހިއްޖެ ނަމަ އެއީ ކޮންކަހަލަ ނުވަތަ ކޮން ފެންވަރެއްގެ އެއްޗެއްކަން ދެނެގަތުމަށްފަހު ތަފްސީލާ އެކު ވެރިއަކަށް ހުށައަޅައިގެން އެ އެއްޗެއް ހޯދުން.
 9. ޓެލެކާސްޓިން އަދި ވެބްކާސްޓިން އަށް ބޭނުންވާނެ ފަހުގެ އިކުއިޕްމެންޓްއާއި އާ ޓެކްނޮލޮޖީތައް ހޯދާ ވެރިންނަށް ލަފާ އެރުވުން
 10. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން އަންގާ ކަންކަން ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. ތަޖުރިބާ ލިބިފައިވާ މިންވަރު އަދި އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރަންޖެހިއްޖެނަމަ، ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން.
 2. ގުޅާލުމުން 24 ގަޑިއިރު ފޯނަށް ޖަވާބު ދެވޭގޮތަށް ހުރެވޭ މީހެއްކަމުގައި ވުން.
 3. އޮފީހަށް ކޮންމެ ވަގުތަކުވެސް ނުކުންނަށް ޖެހިއްޖެނަމަ ނުކުމެވޭނެ މީހެއްކަމުގައި ވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.)

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2020 ފެބުރުއަރީ 25 އާ 28 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއު އަދި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ.

13 ފެބުރުވަރީ 2020
ހޯދާ