ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ވަޒީފާގެ ދާއިރާ:

ހިއުމަންރިސޯސަސް އެންޑް ޓްރޭނިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/11,490ރ އާއި -/22,000ރ ދެމެދު

ޝަރުޠު:

 • ހިއުމަން ރިސޯސަސް ދާއިރާއިން ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން އަދި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު މެނޭޖްމަންޓް ހދާއިރާއިން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
 • 250 އަށްވުރެ މުވައްޒަފުން ގިނަ ކުންފުންޏެއްގައި ހިއުމަން ރިސޯސަސް މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

 1. މުވައްޒަފުންނާއި ގުޅޭ ޤަވާއިދުތައް ތަންފީޒުކުރުމުގައި މެނޭޖްމަންޓަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމާއި އެޤަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
 2. ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި، ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމާއި އަދި މިނޫންވެސް ވަޒީފާއާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ އެމަސައްކަތްތައް ކުރުން.
 3. މުވައްޒަފުން މަސައްކަތުގެ އަޙްލާޤް ކުންފުނީގެ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމާއި، އަދި އެޤަވާއިދުތަކަށް ޢަމަލުނުކުރާ މުވައްޒަފުންނާ މެދު ވަޒީފާއާއި ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން.
 4. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ އުފުލުން.
 5. މުވައްޒަފުންގެ އުޖޫރައާއި އިނާޔަތްތައް ދިނުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން.
 6. މުވައްޒަފުންގެ މަޢުލޫމާތު ފައިލްތައް އަޕްޑޭޓް ކުރުވައި ބެލެހެއްޓުން
 7. އެކިއެކި ފަރާްތްތަކަށް ބޭނުންވާ ރިޕޯޓްތަކާއި ތަފާސްހިސާބުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
 8. އަދި މިނޫންވެސް ހިއުމަން ރިސޯސަސް އެންޑް ޓްރޭނިންގ ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2020 ފެބުރުވަރީ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2020 ެބުރުވަރީ 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

 1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
 2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
 4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

 • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
 • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
 • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

      19   ޖުމާދަލްއާޚިރާ  1441   

       13  ފެބުރުވަރީ    2020

13 ފެބުރުވަރީ 2020
ހޯދާ