މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރު ބަނދަރުގައިވާ މަސްކަޑަ ހިޔާކޮށް، މަސް ކަނޑާނެ އަށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ބަނދަރުގައިވާ މަސްކަޑަ ހިޔާކޮށް، މަސް ކަނޑާނެ އަށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

            މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް މިރަށު ބަނދަރު ސަރަޙައްދުގައިވާ މަސްކަޑަ ހިޔާކޮށް މަސްކަނޑާ އަށްޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 18 ފެބުރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން 25 ފެބުރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.

                ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭ ކަމުގައި ދަންނަވަމެވެ.

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  12 ފެބުރުއަރީ 2020

12 ފެބުރުވަރީ 2020
ހޯދާ