ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ (ޖުޑީޝަލް އެކަޑަމީ)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 2020/41/އޭ-198 

ތާރީޚް: 11 ފެބުރުވަރީ 2020

މަޤާމު

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ރޭންކް: އެމް.އެސް 3

ޢަދަދު

01

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތްކުރަންޖެހޭ ތަން

ޖުޑީޝަލް އެކަޑަމީ / ވިލިމާލެ

އަސާސީ މުސާރަ

-/7,035 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: 3,517/50 (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000
  • ލިވިންގ އެލަވަންސް: -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޖުޑީޝަލް އެކަޑަމީގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • އެކަޑަމީގެ އައިސީޓީގެ މަސައްކަތްތައް ކުރާ މުވައްޒަފުންގެ ސުޕަވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށް، އެ މުވައްޒަފުންނަށް ބޭނުން ވާ އިރުޝާދާއި ލަފާ ދިނުމާއި، އައިސީޓީއާ ގުޅޭ މަސައްކަތްތަކުގައި އެ މުވައްޒަފުން ބައިވެރި ކޮށް، އެމީހުންގެ އެހީތެރިކަން ހޯދައިގެން މަސައްކަތްތައް ކުރަމުން ގެންދިޔުން.

 

  • އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޯލޮޖީއާ ބެހޭ ކަންކަމުގައި ގޮތް ނިންމެވުމަށް ޓަކައި އެކަޑަމީގެ ބިޔުރޯ އާއި ޑިވިޜަންތަކަށް ކަމާބެހޭ ދިރާސާތަކުގެ އަލީގައި މަޢުލޫމާތާއި ލަފާ އެރުވުން.

 

  • ޕްރައިވެޓް އޮޓޮމެޓިކް ބްރާންޗް އެކްސްޗޭންޖާ އެކު ގާއިމު ކުރެވޭ ޓެލެފޯން ކޮމިޔުނިކޭޝަނުގެ ނިޒާމާއި، އިންޓަރނެޓާއި ވަޔަރލެސް ސިސްޓަމްތަކުގެ ނިޒާމާއި، ލޯކަލް އޭރިޔާ ނެޓްވޯރކުގެ ނިޒާމާއި، ޑޭޓާ ސްޓޯރޭޖް ސިސްޓަމާއި، ބެކަޕް ސިސްޓަމާއި، އައިޓީ ސެކިޔުރިޓީގެ ނިޒާމާއި، އެކަޑަމީގެ ފަރާތުން ދޫ ކުރާ ސެޓުފިކެޓު ފަދަ ލިޔުންތަކުގައި ޖަހާ ބާކޯޑުގެ ނިޒާމާއި، ސްޓާފް އެޓެންޑެންސް މޮނިޓަރިންގގެ ނިޒާމާއި، އޯޑިއޯ ވީޑިޔޯ ކޮންފަރެންސިންގގެ ނިޒާމާއި، އެކަޑަމީގައި ބޭނުން ކުރާ ޓީވީ އާއި ކޭބަލް ޓީވީ ޚިދުމަތުގެ ނިޒާމާއި، ސައުންޑް ސިސްޓަމްތަކާއި، އިލެކްޓްރޯނިކް މެއިލިންގ އަދި ޑޮކިޔުމެންޓް މެނޭޖްމަންޓް ސިސްޓަމްތައް ހިމެނޭ ގޮތުން، އެކަޑަމީއަށް ބޭނުން ވާ އިންފޮރމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޯލޮޖީގެ މުޅި ނިޒާމު ފަރުމާ ކޮށް، ކޮންފިގަރ ކުރުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން އެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްތައް ކުރުމާއި، އެ ނިޒާމު ބެލެހެއްޓުމާއި، އެ ނިޒާމަށް ދިމާ ވާ މައްސަލަތައް ޙައްލު ކުރުމާއި، އެ ނިޒާމު ތަރައްގީ ކުރުމުގެ ކަންކަން ބެލެހެއްޓުމާއި، އައިސީޓީ ޕްރޮޓޮކޯލްތަކާއި ޕޮލިސީތައް އެކުލަވައިލައި ކަމާ ގުޅޭ ފަރާތްތަކަށް ހުށަހެޅުން.

 

  • އެކަޑަމީގެ އިދާރީ އޮފީހާއި، ލައިބްރަރީ އާއި ކޮންވެންޝަން ހޯލާއި އޮޑިޓޯރިޔަމް ފަދަ ފެސިލިޓީތަކާއި، ދަނާލު ފަދަ ތަންތަނުގައި ގާއިމު ކުރެވޭ އައިސީޓީގެ ނިޒާމުގައި ބޭނުން ކުރެވޭ ހާރޑްވެއަރ އާއި ސޮފްޓްވެއަރ ފަދަ ވަސީލަތްތަކާއި ތަކެތި ހޯދުމުގެ ކުރީން، އެ ވަސީލަތްތަކާއި ތަކެއްޗަކީ އެއިން ކުރާ ބޭނުމާއި އަގާ ނިސްބަތް ކުރާ އިރު އެކަށީގެން ވާ، އަދި ކޮޕީރައިޓުގެ ގާނޫނުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން ހޯދޭ އަދި ޖެނުއިން/އޮރިޖިނަލް ތަކެތި ތޯ ބަލައި ކަށަވަރު ކުރުމާއި، އެ ތަކެތި ހޯދުމާއި، ލައިސަންސް ހޯދާން ޖެހޭ ތަކެތީގެ ލައިސަންސް ހޯދައި ލައިސަންސްތައް ބެލެހެއްޓުމާއި، ޑްރައިވަރތަކާއި ސޮފްޓްވެއަރތައް އިންސްޓޯލް ކޮށް ކޮންފިގަރ ކުރުމާ ބެހޭ ޕްރޮސީޖަރތައް އެކުލަވައިލައި އެއާ އެއްގޮތަށް މަސައްކަތް ކުރުމާއި، ސޮފްޓްވެއަރތަކާ އެކުގައި ލިބޭ ޑްރައިވަރ ސީޑީ ފަދަ އެންމެހައި ތަކެތި ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ ކަންކަން އިންތިޒާމު ކުރުމާއި، އެކަޑަމީގެ އައިސީޓީ ސިސްޓަމުގެ ފުލް ޕްރޮފައިލް ޑައިގްރާމްތަކާ އެކު ތައްޔާރު ކޮށް ބެލެހެއްޓުން.

 

  • އެކަޑަމީގެ އިދާރީ އޮފީހާއި އެކަޑަމީގެ މަސައްކަތްތައް ހިނގާ އެހެން ތަންތަނުގައި ގާއިމު ކުރެވޭ ކޮމްޕިޔުޓަރ ވިޔުގައިގައި ހިމެނޭ ކޮމްޕިޔުޓަރުތަކުގައި އެކަޑަމީގެ މުވައްޒަފުންނަށް ބޭނުން ކުރެވޭނޭ ގޮތަށް ޔޫޒަރ އެކައުންޓްތައް އުފައްދައި، އެ އެކައުންޓުތަކުގެ ޕާސްވޯރޑްތަކާއި ސެކިޔުރިޓީގެ ކަންކަން ބެލެހެއްޓުމާއި، މި ކަންކަން އައިސީޓީ ޕްރޮޓޮކޯލްތަކާއި ޕޮލިސީތަކާ އެއްގޮތަށް ކުރުން.

 

  • އެކަޑަމީގެ މުވައްޒަފުންގެ މަސައްކަތަށް ބޭނުން ވާ ވަސީލަތެއްގެ ގޮތުގައި ދެވޭ އިންޓަރނެޓުގެ ޚިދުމަތް ވީ އެންމެ ރަނގަޅަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އިންޓަރނެޓުގެ ޚިދުމަތަށް ދިމާ ވާ މައްސަލަތައް ހައްލު ކުރުމުގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުން.

 

  • އެކަޑަމީގައި ހުންނަ ކޮމްޕިއުޓަރުތައް ވައިރަހުން ރައްކާތެރި ކުރުމަށް ޓަކައި ގާއިމު ކުރާން ޖެހޭ ސަލާމަތީ ނިޒާމުތައް ބަޖެޓު ތަންދޭ އެންމެ ފުރިހަމަ ގޮތެއްގައި ގާއިމު ކުރުމާއި، ވައިރަހުގެ މައްސަލައެއް ކޮމްޕިއުޓަރަކަށް ދިމާ ވެއްޖެ ކޮންމެ ހާލަތެއްގައި، އެ މައްސަލައަށް ވަގުތުން އެޓެންޑު ކުރުން.

 

  • އެކަޑަމީގެ މުވައްޒަފުން ބޭނުން ކުރާ ގަވަރންމަންޓް އިލެކްޓްރޯނިކް މެއިލިންގ ސިސްޓަމް (ޖެމްސް) ގެ ޔޫޒަރ އެކައުންޓުތަކުގެ ކަންކަން ބިޔުރޯއިން ޑިވިޜަނަށް އަންގާ ގޮތެއްގެ މަތީން ބެލެހެއްޓުމާއި، މި ނިޒާމު ބޭނުން ކުރުމުގައި މުވައްޒަފުންނަށް ބޭނުން ވާ އައިސީޓީ ސަޕޯޓު ދިނުމާއި، އެކަޑަމީން ނުވަތަ އެކަޑަމީގެ ޑިވިޜަނަކުން ރަސްމީ ސިޓީ ފޮނުވުމަށް ޓަކައި ސިޓީގައި ނަންބަރު ޖެހުމުގެ ކަންކަން މެނޭޖް ކުރާ އައިޓީ ނިޒާމު ބެލެހެއްޓުން.

 

  • އެކަޑަމީގެ އައިސީޓީ ނިޒާމު ތަރައްގީ ކުރުމާ ބެހޭ ދިރާސާތައް ކޮށް އެ ދިރާސާތަކުގެ އަލީގައި އެ ނިޒާމުގެ ހާރޑްވެއަރ އަދި ސޮފްޓްވެއަރ ޕްލެޓްފޯމުތައް ތަރައްގީ ކޮށް އަދާހަމަ ކުރުމުގެ ކަންކަން ރާވައި ހިންގުން.

 

  • އެކަޑަމީގެ އައިސީޓީ ނިޒާމު ގާއިމުތައް ކުރެވިފައި ވާ ގޮތާއި، އެ ނިޒާމު ރައްކައުތެރި ގޮތުގައި އަދި ޚަރަދު ކުޑަކޮށް ބޭނުން ކުރުމާ ބެހޭ މަޢުލޫމާތު އެކަޑަމީގެ މުވައްޒަފުންނަށް ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ރާވައި، އެ ޕްރޮގްރާމް ހިންގުމާއި، އައިސީޓީ ނިޒާމާ ބެހޭގޮތުން މުވައްޒަފުންގެ އޮރިއެންޓޭޝަން ޕްރޮގްރާމުގައި ބޭނުން ކުރެވޭނެ ލުއިފޮތާއި ޕްރެޒެންޓޭޝަން ފަދަ ތަކެތި ތައްޔާރު ކުރުމާއި، އޮރިއެންޓޭޝަން ޕްރޮގްރާމުގައި މައުލޫމާތު ދިނުމާއި، އައިސީޓީގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތަކުގައި ގަޑި ނަގައިދޭން ޖެހޭ ހާލަތުތަކުގައި އެކަން ކުރުން.

 

  • އެކަޑަމީގެ ވެބްސައިޓު ފަރުމާ ކޮށް ތައްޔާރު ކުރުމުގެ މަސައްކަތް އިންތިޒާމު ކުރުމާއި، ވެބްސައިޓް އަހަރުން އަހަރަށް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް އިންތިޒާމު ކުރުމާއި، ވެބްސައިޓަށް ދިމާ ވާ އައިސީޓީއާ ގުޅުން ހުރި މައްސަލަތައް ޙައްލު ކޮށްދިނުމާއި، ވެބްސައިޓު ބެލެހެއްޓުމުގައި އައިޓީ އާއި ވެބް ޑިޒައިނިންގ އާއި ވެބް ހޯސްޓިންގެ ދާއިރާތަކުން ކުރަން ޖެހޭ ކަންކަން ކުރުން.

 

  • އެކަޑަމީގެ ސެންޓްރަލް މެސެޖިންގ ސިސްޓަމް ގާއިމު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެ ސިސްޓަމަށް ދިމާ ވާ ފަންނީ މައްސަލަތައް ޙަައްލު ކޮށްދިނުން.

 

  • ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އައިސީޓީ މުވައްޒަފުންނަށް އަމާޒު ކޮށްގެން ހިންގާނެ ތަމްރީނު ޕްރޮގްރާމްތައް ފަރުމާ ކުރުމަށް ޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތަކުން ބޭނުން ވާ މަޢުލޫމާތު ހޯދައި އެއް ކުރުމާއި، އެ ޕްރޮގްރާމްތަކުގެ ކަރިކިޔުލަމް ތައްޔާރު ކުރުމުގައި ޕްރޮގްރާމްސް އެންޑް ޕަބްލިކޭޝަންސް ޑިވިޜަނަށް ބޭނުން ވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

ތަޢުލީމީ ރޮނގު

ކޮމްޕިއުޓަރ ސައިންސް / އައިޓީގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް / އައިޓީ ސެކިއުރިޓީ

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  5. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2020 ފެބުރުވަރީ 19 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340858
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • އައިސީޓީގެ ނިޒާމުތަކާއި ވަސީލަތްތަކުގެ ހާރޑްވެއަރ އާއި ސޮފްޓްވެއަރ ގާއިމު ކޮށް، އިންސްޓޯލް ކޮށް، ބޭނުން ކުރެވޭނެ ގޮތް ހެދުމާއި، އެ ތަކެއްޗަށް ދިމާ ވާ ޢާންމު މައްސަލަތައް ޙައްލުކޮށް، ޓްރަބަލްޝޫޓިންގެ ކަންކަން ކުރުމުގެ ހުނަރާއި ޢިލްމު ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި އެކަށީގެން ވާ ގޮތެއްގައި މީހުންނާ މުއާމަލާތު ކުރުމުގެ ގާބިލިއްޔަތު ހުރި ފަރާތަކަށްވުން.
  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ޓަކައި އިސް ނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރި ފަރާތަކަށްވުން.
  • ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ގާބިލިއްޔަތު ހުރި  ފަރާތަކަށްވުން.
  • އިންތިޒާމީ ގޮތެއްގައި މަސައްކަތް މެނޭޖު ކުރުމުގެ ހުނަރު އަދި، މަސައްކަތް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • މައްސަލަތައް ޙައްލު ކުރުމާއި ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ދިރާސާ ކުރުމުގެ ޢިލްމާއި ހުނަރާއި ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • މަޢުލޫމާތު ގިންތި ކުރުން ފަދަ ކަންކަމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

 

11 ފެބުރުވަރީ 2020
ހޯދާ