މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-316698

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 7035.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 (މަހަކު)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިރެކްޓަރެއް ނެތް ހާލަތެއްގައި އެޗް.އާރ ސެކްޝަން މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގައި ސުޕަވައިޒްކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.
  2. މިނިސްޓްރީއަށް އެކިފަރާތްތަކުން ލިބޭ ޓްރޭނިންގ އަދި ފެއަރތަކަށް މުވައްޒަފުން ފޮނުވުމުގެ އެންމެހާ މަސައްކަތް ކުރުން
  3. މިނިސްޓްރީގެ ވަޒީފާ ދިނުމާއި ވަޒީފާ ބަދަލުކުރުން އަދި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތަތައް ކުރުން
  4. މިމިނިސްޓްރީއަށް އިންޓަރންޝިޕް ނުވަތަ މަސައްކަތު ތަޖްރިބާ ހޯދުމަށް އެދޭ ފަރާތްތަކުގެ އެންމެހާ މަސައްކަތްތައްކޮށް މަސައްކަތު ތަޖްރިބާ ނިމުމުން ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް އޭގެ ރެކޯޑް ބެލެހެއްޓުން
  5. ޖެމްސް މެދުވެރިކޮށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި ސިސްޓަމް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ފައިލް ކުރަންޖެހޭ ލިޔެކިޔުންތައް ފައިލް ކުރުން
  6. މިނިސްޓްރީއަށް ބޭނުންވާ ތަމްރީންތައް ހޯދައި ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކޮށް އޭގެ ރެކޯޑް ބެލެހެއްޓުން
  7. މިނިސްޓްރީގެ އޮނިގަނޑުގެ އެންމެހާ މަސައްކަތް ކުރުން
  8. މިނިސްޓްރީގެ ޕޭ ލީވް އަދި ނޯޕޭ ލީވްއެދޭ މުވައްޒަފުންގެ ކަންތައްތައް ހަމަޖެއްސުން
  9. މުވައްފުންގެ އަޚްލާޤާއި މަސައްކަތްތަކާއި ގުޅިގެން މުވައްޒަފުންނަށް އަންގަންޖެހޭ އެންގުން/ އިންޒާރު ތައް ވެރިންގެ އިރުޝާދުގެމަތީން އަންގައި އޭގެ ރެކޯޑް ބެލެހެއްޓުން
  10. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ކުރޭތޯބަލާ އޭގެ ރެކޯޑް ބެލެހެއްޓުން
  11. ސިވިލް ސަރވިސް ޤަވާއިދުން ފޮނުވަންޖެހޭ ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފޮނުވުން

މަޤާމުގެ ޝަރުޠުތައް:

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  2.   ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަޤާމް :ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :1

 

މަޤާމް:

 

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-316702

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާބަލައިގަތް ތިޖޫރީ ފޮތް އަޕްޑޭޓް ކުރުން އަދި މަސައްކަތުގެ ގޮތުން ފައިލްކުރަންޖެހޭ ލިޔުންތައް ފައިލްކުރުން
  2. ޚަރަދު ރިޕޯޓްތައް ތައްޔާރުކޮށް ރިކޮންސައިލްކުރުން
  3. ޚަރަދު ވައުޗަރުތައް ޕާކްކޮށް، ސްކޭންކޮށް އެޓޭޗްކުރުން އަދި ޕޯސްޓް ކުރުވުމާއި ޕޭމަންޓް ސްޓޭޓަސް ޗެކްކޮށް ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން.
  4. މިނިސްޓްރީގެ އެނުއަލް ބަޖެޓް ތައްޔާރުކުރުން
  5. ބަޖެޓް އަދި ޓްރަސްޓް ފަންޑް އެކައުންޓުން ކުރާ ބޭރުފައިސާގެ ޚަރަދުތަކަށް ވައުޗަރ ހެދުން
  6. ބަޖެޓް ޚަރަދުގެ ހިސާބު ބެލެހެއްޓުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

މަޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމް :ޕްރޮކިއުމެންޓް އޮފިސަރ
ބޭނުންވާ އަދަދު :1

 

މަޤާމް:

 

ޕްރޮކިއުމެންޓް އޮފިސަރ

މަޤާމުގެ ނަންބަރު

 J-316691

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހަށް ގަންނަންޖެހޭތަކެތި މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ގަތުމުގެ މަސައްކަތްކުރުން
  2. އޮފީހަށް މަދުވާ/ގަންނަން އެދޭ ތަކެތި ގަތުމަށް ރިކުއެސްޓް ލިބުމުން/ހޯދާ ޕްރޮސެސްކުރުން
  3. އިޢުލާންކޮށްގެން ކުރުވަންޖެހޭ މަސައްކަތްތަކާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން
  4. މައުލޫމާތު ދިނުމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ހަމަކޮށް އިއުލާނުގައިވާ ގަޑިއަށް މައުލޫމާތު ދިނުން
  5. ބިޑްތައް އިވެލުއޭޓްކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް މިނިސްޓްރީގެ އެސްޓިމޭޓް ކޮމިޓީ ބާއްވައި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމާއި ބިޑް ކޮމިޓީގެ އެންމެހާ އިދާރީމަސައްކަތްކުރުން
  6. އަހަރަކު 3 ފަހަރު ޕްރޮކިޔޯމަންޓްއާއި ބެހޭ ތަފްޞީލީ ރިޕޯޓެއް ތައްޔާރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން
  7. މަހަކު 1 ފަހަރު ޕްރޮކިޔޯމަންޓްއާއި ބެހޭ ރިޕޯޓެއް ތައްޔާރުކޮށް ޔުނިޓު ހެޑަށް ހުށަހެޅުން
  8. ރާއްޖެއިން ބޭރުން ހޯދަންޖެހޭ ކޯޓޭޝަންތައް ހޯދައި ޕްރޮސެސްކުރުން
  9. ރާއްޖެއިން ބޭރުން ލިބޭތަކެތި ކަސްޓަމުން ކްލިއަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  10. މީޓިންގތަކަށާއި އެހެނިހެން ކަންތައްތަކަށް ބޭނުންވާ ޑޮކިއުމަންޓްސް އެބޭނުންވާ ފޯމެޓެއްގައި ތައްޔާރުކުރުން/ހޯދުން
މަޤާމް :ލީގަލް އެސިސްޓަންޓް
ބޭނުންވާ އަދަދު :1

މަޤާމް:

ލީގަލް އެސިސްޓަންޓް

މަޤާމުގެ ނަންބަރު:


J-316645

 

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީއެސް 7-1

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް އެސޯޝިއޭޓް ޕްރޮފެޝަނަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

:މުސާރަ

މަދުވެގެން މަހަކު 8,050.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަދުވެގެން މަހަކު 2,400.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ސެކްޝަންގެ އިސްވެރިންގެ ލަފާގެ މަތިން މިނިސްޓްރީއަށް ހުށަހެޅޭ ސިޓީތަކަށް ޖަވާބުދިނުން. އަދި ޤާނޫނީ އެކިއެކި މައްސަލަތަކާ ގުޅިގެން މިމިނިސްޓްރީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން.
  2. ސެކްޝަންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެހާ މަސައްކަތްތަކާއި ކަންކަން ދެވޭ އިރުޝާދުގެދަށުން ކުރުން. އޭގެތެރޭގައި ޤާނޫނީ ޑޮކިއުމަންޓްތައް ޑްރާފްޓް ކުރުމާއި ޗެކްކުރުން އަދި ރެކޯޑް ބެލެހެއްޓުން
  3. އޮންނަ އުސޫލްގެދަށުން ދުވަހުން ދުވަހަށް އަންނަލިޔެކިޔުންތައް ބެލެހެއްޓުމާއި އެލިޔެކިޔުންތަކަށް ޢަމަލުކުރުން
  4. މަސައްކަތާއި ގުޅޭގޮތުން ރަށުންބޭރަށް ދާންޖެހޭކަންކަމުގައި ރަށުންބޭރަށް ގޮސް އެމަސައްކަތްތައް ކުރުން
  5. އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުޠުތައް

ސީ.އެސް7-1

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ  6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

     

ސީ.އެސް7-2

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް7-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.  

  

ސީ.އެސް7-3

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް7-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.  

  

ސީ.އެސް7-4

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް7-3 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.  

  

ސީ.އެސް7-5

ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީ.އެސް7-4 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.  

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (www.tourism.gov.mv ވެބްސައިޓްގައިވާ ނަމޫނާއާއެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައިފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ،ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރޭންސްކްރިޕްޓްގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. މަގާމާއި ގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ، 25 ފެބްރުވަރީ 2020 އާއި 05 މާރިޗު 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތެގެ (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިމިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3322512 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

17 ޖުމާދުލްއާޚިރު 1441

11 ފެބުރުވަރީ 2020
ހޯދާ