ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)

ފުނަދޫ ސްކޫލް

ށ.ފުނަދޫ، ދިވެހިރާއްޖެ

 

ނަންބަރު: (IUL)GS-59-AD/INDIV/2020/2                             ތާރީޚް: 10 ފެބުރުއަރީ 2020

 

 

އިޢުލާން

 

މަޤާމް:

ރިލީފް ޓީޗަރ (ޕްރައިމަރީ)

ބޭނުންވާ ޢަދަދު: 

01 (އެކެއް)

މަޤާމުގެ ގިންތި: 

ވަގުތީ

ސެކްޝަން:

އެކަޑަމިކް

މަޤާމް އޮތް އޮފީސް:

ފުނަދޫ ސްކޫލު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުނަދޫ ސްކޫލު/ށ.ފުނަދޫ

މަސައްކަތް ކުރަންޖެހޭ ވަގުތު:

ދުވާލަކު 6 ގަޑިއިރު     

މުއްދަތު:

6 މަސް

 

 

ޝަރުޠު:

ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަވުން:

 

 

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

4500.00 ރ

1500.00 ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

5500.00 ރ

1500.00 ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

6090.00 ރ

2500.00 ރ

 

ނޯޓް:

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

 

އިތުރު އިނާޔަތްތައް:

  1. އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

2. ކިޔަވައިދޭން ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

3. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަން ޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ލީޑިންގޓީޗަރަށް ދެއްކުން.

4. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް "ސްކީމް އޮފް ވާރކް" ތައްޔާރުކޮށް ނިންމުން.

5. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

6. ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، އެނޫނަސް މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެވަޑައިގަތުން.

7. ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި، މާކްކުރުން.

8. ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރުން.

9. ލީޑިންގޓީޗަރުން އަންގަވާ ގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާނުތައް ހިންގުމާއި، އިމްތިޙާނުކަރުދާސްތައް މާކްކުރުމާއި، އިމްތިޙާނުތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.

10. ކިޔަވައިދޭ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.

11. މުވައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެމީހެއްގެ ޤާބިލުކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.

12. ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސާވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

13. ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނެޓުގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45މިނިޓްގެ 20 އާ 25 އާ ދެމެދުގެ ގަޑި ނެގުން.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

-         ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

-         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-         ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި ސްކޫލުގެ އޮފީހުން ލިބެންހުނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮސްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުއަރީ 18 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ފުނަދޫ ސްކޫލު އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ފެބުރުއަރީ 18 އާއި 20 އާއި ދެމެދު  ފުނަދޫ ސްކޫލުގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމު ކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުުރުމަށް ގުޅާނީ (6540540) އަށެވެ.

އީމެއިލް ކުރާނީ ( [email protected] ) އަށެވެ.

 

 

16 ޖުމާދަލްއާޚިރާ 1441

                                      10 ފެބުރުއަރީ 2020

10 ފެބުރުވަރީ 2020
ހޯދާ