ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ސެކިއުރިޓީ އޮފިސަރެއް ބޭނުންވެއްޖެ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ވަގުތު

  • ހަފްތާއަކު 30 ގަޑިއިރު ޑިޔުޓީ އަދާކުރަން ޖެހޭނެއެވެ.
  • ޢާއްމުކޮށް ޑިޔުޓީ އަދާކުރަންޖެހޭނީ ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށެވެ.
  • ހަފްތާއަކު މަދުވެގެން 2 ރޭ ޑިޔުޓީ ކުރަން ނުޖެހޭގޮތަށް ހަމަޖައްސައިދެވޭނެއެވެ.
  • ހަވީރު 5:00 އިން 6:00 އަށް ބައެއް ދުވަސްދުވަހު ޑިޔުޓީއަށް ނުކުންނަން ޖެހޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ

ފާދިއްޕޮޅު އަތޮޅުގެ

ކުރަންޖެހޭ މަސައްކަތް

ސެކިއުރިޓީ ބެލެހެއްޓުން ، ގަސްތަކަށް ފެންދިނުން، ގޯތިތެރެ ކުނިކެހުން.

ކޮންޓްރެކްޓްގެ މުއްދަތު

1 އަހަރު ( އެއް އަހަރު ވުމުން، މަސައްކަތް ކޮށްފައިވާގޮތަށް ރިޢާޔަތްކޮށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ކައުންސިލްއިން ނިންމަވައިފިނަމަ، މުއްދަތު އިތުރުކޮށްދެވޭނެއެވެ. )

އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/35 ރ. (ގާތްގަޑަކަށް ކޮންމެ މަހަކު 22 ދުވަސް، ދުވާލަކު 7 ގަޑި)

ޝަރުޠުތައް:

1. ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކަށްވުން.

2. މޯބައިލް ފޯނު ގެންގުޅޭ، ފޯނު ބޭނުންކުރަން ދަންނަ މީހަކަށްވުން.

3. އިނގިރޭސި ކިޔަން އެނގުން / ތާނަ ލިޔެ ކިޔާން އެނގުން .

ހުށަހަޅަންޖެހޭ ލިޔުންތައް

1. އެޕްލިކޭޝަން ހުށަހަޅާ ފޯމް ( އެޕްލިކޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ.

 

2. ޝަރުޠު ހަމަވާކަން، ނުވަތަ ޤާބިލްކަން ސާބިތުކޮށްދޭ ލިޔުންތައް (މި ލިޔުންތައް ގެންނާނީ އިންޓަވިޔު އަށް ޙާޟިރުވާއިރު )

 

3. ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

ކޮންޓްރެކްޓް އެވޯރޑް ކުރުމުގައި ބަލާނެ ކަންކަން

1. ޢުމުރު ހަގުވުން

%25

(ހުށަހަޅާމީހާގެ ޢުމުރު / އެންމެ ހަގުމީހާގެ އުމުރު) × 25

2. ހުނަރު

%25

(ޑްރައިވިންގ ލައިސަންސް އޮތުން)

3. ފޯނު ފަރިތަވުން

%25

(އެސް.އެމް.އެސް ކުރަން އެނގުން/ކޮންޓެކްޓް ހޯދަން އެނގުން

4. އިންޓަވިޔު

%25

(ޢާއްމު މަޢުލޫމާތާއި މުޢާމަލާތު ކުރުމުގެ ހުނަރު)

5. ޖުމްލަ

0

ކޮންޓްރެކްޓް ލިބޭނީ އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާނީ، 20 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާއަށެވެ.

އިންޓަވިޔު އޮންނާނެ ތަނާއި މުއްދަތު:

މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިޔު އޮންނާނީ، 23 ފެބްރުއަރީ 2020 އާއި 25 ފެބްރުއަރީ 2020 އާއި ދެމެދު، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައެވެ. 

މި ޢިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 66620118 ނުވަތަ 6620331 އަށެވެ.

އީ. މެއިލް ކުރައްވާނީ [email protected] އަށެވެ.

09 ފެބުރުވަރީ 2020
ހޯދާ