މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ

އިޢުލާން

 

މަޤާމު:

ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-320886

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސސް/ މާލެ،

ޑިޕާޓްމަންޓް

ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސަރވިސް ޑިޕާރޓްމަންޓް، ޑިއުޓީ ޓީމް ޔުނިޓް

މަސައްކަތު ގަޑި

ޑިއުޓީ އުސޫލުން

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1762.60 ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
  • ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކުޑަކުދިންނާއި، އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި އާއިލާތަކުގެ ޙައްޤަކަށް އުނިކަމެއް ލިބިގެން މިނިސްޓްރީއަށް ފޯނުންނާއި، ސިޓީންނާއި، މިނިސްޓްރީއަށް ހާޟިރުވެ ނުވަތަ މިނޫންވެސް އެހެން ގޮތަކުން ހުށަހަޅާ މައްސަލަތަށް ބަލައިގަނެ މައްސަލަތަކުގައި އަމަލުކުމަށް ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުން.
  • މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  • މިނިސްޓްރީ އަށް ހުށަހަޅޭ މައްސަލަތައް ރިކޯޑް ކޮށް ޑޭޓާބޭސްއަށް ޤަވާއިދުން އެޅުމާއި އެކު ޤަވާއިދުން އަޕްޑޭޓްކުރަމުން ގެންދިޔުން.
  • ޑިޔުޓީ ޓީމަށް ހުށަހެޅޭ މައްސަލަތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ މައްސަލައަކަށް ހާއްސަ ފައިލެއް ތައްޔާރުކުރުމާއި އެކު އެމައްސަލައާއި ގުޅުން ހުރި ލިޔެކިޔުންތައް ވަކިން ބެލެހެއްޓުމާއި އަދި އެލޮކޭޓްކޮށްގެން މަސައްކަތް ކުރަންޖެހޭ މައްސަލަތަށް ދެނެގަނެ އެލޮކޭޓްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  • ޑިޔުޓީ ޓީމަށް ހުށަހެޅޭ އަވަސް މައްސަލަތަކުގައި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށް ޒިޔާރަތް ކުރުމާއި އަދި މައްސަލަތަކާއި ގުޅިގެން ޒިޔާރަތްކުރަންޖެހޭ އެހެނިހެން ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމާއި އެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި ޑިޕާޓްމަންޓްގެ މަސައްކަތްތައް ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތެއް ކުރުން.ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި ޑިޕާޓްމަންޓްގެ މަސައްކަތްތައް ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތެއް ކުރުން.
  • އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިމިނިސްޓްރީން ތައްޔާރުކުރާ މަޢުލޫމާތު ތައްޔާރުކުރުމުގައި އެޑްވޮކަސީ، އައުޓްރީޗް އެންޑް މީޑިއާ ޑިވިޜަން އަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  • ސައިކޮލޮޖީ،ކައުންސެލިން،ސޯޝިއޮލޮޖީ،ސޯޝަލް ވޯކް މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ (ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި،  ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރަންސް ޗެކް ފޯމު. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބްރުވަރީ 16 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ފެބްރުވަރީ 17 އާއި 2020 މާރިޗް 05 އާ ދެމެދު،  މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

އިންޓަރވިއު ބާއްވާތާ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027526 ނަންބަރު ފޯނަށެވެ.އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

 

05 ފެބްރުވަރީ 2020މ

11 ޖުމާދަލްއާޚިރާ 1441ހ

 

 

     

 

05 ފެބުރުވަރީ 2020
ހޯދާ