ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފިޒިކްސް މާއްދާ ކިޔަވަދޭނެ ޕާރޓް ޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މަޤާމް:

ޕާރޓް-ޓައިމް ލެކްޗަރަރ

ފިޒިކްސް

ބޭނުންވާ އަދަދު

2

އުޖޫރަ:

ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ   

- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނުކަރުދާހަކަށް -/35 ރުފިޔާ

 

މަސައްކަތް ކުރާނެ ތަން:

ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް، ދިވެހިރާއްޖޭ ގެ ޤައުމީ ޔުނިވަރސިޓީ،މާލެ

މަޤާމުގެ ޝަރުތު:

 ކިޔަވައި ދެއްވާ މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މައްސޫލިއްޔަތުތަށް:

- ކޯޑިނޭޓަރގެ އިރުޝާދުގެ ދަށުން ކިޔަވައި ދިނުމާއި، ކިޔަވައި ދިނުމަށް ބޭނުންވާ ޕްރެޒެންޓޭޝަން، ޓިއުޓޯރިއަލްސް، އެސެސްމަންޓްތަށް އަދި އިމްތިޙާން ކަރުދާސް ތައްޔާރުކުން

-އެސައިންމަންޓް އަދި އިމްތިޙާން ކަރުދާސް ކަނޑައެޅިފއިވާ މުއްދަތުގެ ތެރޭގައި މާކުރުމާއި އަދި ދަރިވަރުންގެ ފައިނަލް މާރކް ޝީޓް ހެދުމަށްފަހު ކޯޑިނޭޓަރާ ހަވާލުކުރުން

އެޕްލިކޭޝަން ތާރީޙް

10 ފެބްރުއަރީ 2020 ވާ އާދިތަ ދުވަހުގެ 14:00 ގެ ކުރިން، މި ސެންޓަރަށް ނުވަތަ މިސެންޓަރގެ އީމެއިލް ([email protected] ) އަށް އީމއިލް ކުރެއްވުންއެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔންތައް

  1. ޕާޓްޓައިމް ލެކްޗަރަރ ކަމަށް އެދޭ ފޯމް (އިއުލާނާ އެކު އެޓޭޖް ކުރެވިފައި)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ( އެޓެސްޓް ތައްގނޑު ޖެހިފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. . ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

އިތުރު މައުޝޫމާތު

-ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ވޭތުވެދިޔަ އަހަރު ތަކުގައި މި ސެންޓަރގައި ކިޔަވާދެއްވާފައިވާ ފަރާތްތަކަށާއި،މި ސެންޓަރުން ކަނޑައަޅާ ވަގުތުގައި އާދެވެނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މައުޝޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345400 ނަންބަރ ފޯނަށެވެ.

 

 

 

05 ފެބުރުވަރީ 2020
ހޯދާ