އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކެޑޭޓް ބޭންޑް އިންސްޓްރަކްޓަރެއް ހޯދުމަށް

 

ވަޒީފާގެ ފުރުޞަތު (ކެޑޭޓް އަދި ބޭންޑް އިންސްޓްރަކްޓަރު)

އިޢުލާނު ނަމްބަރު: AS-A/IU/2020/08

ކެޑޭޓް/ ބޭންޑް އިންސްޓްރަކްޓަރ އެއް ބޭނުންވެއްޖެ

ތަފްޞީލް: 

މިސްކޫލްގެ ބޭންޑް އަދި ކެޑޭޓް ދަރިވަރުންނަށް ޓްރޭނިންގ ދިނުމަށް އިންސްޓްރަކްޓަރ އެއް ހޯދުމަށް ބޭނުންވެއެވެ.

 ފެންވަރު ނުވަތަ ޝަރުތު: 

މިޔުޒިކް، ޕަރފޯމެންސް އާރޓް ނުވަތަ ކިޔަވައި ދިނުމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ އިން މަތީ ސެޓްފިކެޓެއް ހާސިލްކުރައްވާފައިވުން.

މުއްދަތު: 

3 މަސް ދުވަސް (3 މަސް ހަމުވުމުން އިތުރު މުއްދަތަށް މިމަސައްކަތް ކުރިއަށް ގެންދަން ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތަށް ބަލާ ކޮންމެ 3 މަހަކުން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ.)

އުޖޫރަ: 

މިމަސައްކަތުގެ އުޖޫރަ ކަންޑައެޅުމަށް ހަމަޖެހިފައިވަނީ ޓީޗަރުންގެ އޮނިގަނޑުގައިވާ އުޞޫލުން ހާޞިލްކުރައްވާފައިވާ  ތަޢުލީމީ ސެޓްފިކެޓް ތަކަށް ބަލައިގެން  ދެފަރާތުން އެއްބަސްވާ ގޮތަކަށެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން: 

މިމަގާމަށް މުވައްޒަފަކު ހޮވުމުގައި ބޭންޑް އަދި ކެޑޭޓް ފަރިތަކޮށްދެއްވުމުގެ ތަޖުރިބާއަށް އަދި ސްކޫލުން ހަމަޖައްސާ ގަޑިތަކަށް ހާޒިރުވެވޭ އަދި ޓީޗިންގ ދާއިރާއިން ތަޖުރިބާ ހުރި މީހުންނަށް އިސްކަންދެވޭނެއެވެ.

މި ވަޒީފާ ޝައުޤުވެރިލައްވާ ފަރާތްތަކުން 13 ފެބުރުއަރީ 2020 ގެ 14.00  ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ނުވަތަ ސިޓީ އަދި ސެޓްފިކެޓްތަކުގެ ކޮޕީ އާއި އައިޑީކާޑުގެ ކޮޕީ ސްކޫލް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3323248 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

11 ޖުމާދުލްއާޚިރު 1441

05 ފެބުރުއަރީ   2020 

05 ފެބުރުވަރީ 2020
ހޯދާ