ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މަޤާމް: ލީގަލް އޮފިސަރ

މަޤާމުގެ ބާވަތް:  ދާއިމީ

ޢަދަދު:  01

މުސާރަ: -/10,500 ރުފިޔާ

ޢިނާޔަތްތައް:

ސަރވިސް އެލަވަންސް:  އަސާސީ މުސާރައިގެ %25

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސައްކަތްތައް:  

  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލުން ބެލޭނޭ މައްސަލަތައް ކަނޑައެޅުމުގައި ޤާނޫނީ ލަފާ ދިނުން
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައްޔާއި، އަދި މިނޫންވެސް ގޮތްގޮތުން ޓްރައިބިއުނަލަށް ބޭނުންވާ  ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޤާނޫނީ ދާއިރާއާއި މައްސަލަ ބެލުމުގެ ކަންކަމާއިގުޅޭގޮތުން ހިންގަންޖެހޭ ތަމްރީންތަކާއި ޕްރޮގްރާމްތައް ހިންގުން.
  • ޤާނޫނީ ދާއިރާއާއި މައްސަލަތަކާއިގުޅޭގޮތުން ހިންގަންޖެހޭ އެވެއަރނެސް ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
  • ހަވާލުކުރެވޭ އެކިއެކި ލިޔުންތައް ތަރުޖަމާކުރުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެހީތެރިވުން އަދި އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން.
  • ޓްރައިބިއުނަލްގެ މަސައްކަތާގުޅިގެން މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން، މިގޮތުން މިފަދަ މައްސަލަތަކުގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ނިންމުން ބަލާ ދިރާސާކުރުމާއި، ދިވެހިރާއްޖޭގައި މިފަދަ މައްސަލަތަކުގައި މީގެ ކުރީން ޢަމަލުކޮށްފައިވާ ގޮތް ބަލާ ހޯދުމާއި، ޤާނޫނީ ލިޓްރޭޗަގައި މިފަދަ މައްސަލަތަކާއި މެދު ޢަމަލުކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ގޮތް ދެނެގަތުން.
  • ޓްރައިބިއުނަލުގެ މަސައްކަތް ރަނގަޅަށް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން.
  • ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ޤާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލްގެ މައްސަލަބެލުމާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތަށް ހަލުވިކަމާ ފުރިހަމަކަމާއި އެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދުދީ މިކަންކަމުގައި އެހީތެރިވުން.
  • ޓްރައިބިއުނަލަށް ހުށަހެޅޭ އިދާރީ އެކިއެކި ކަންކަމާއި، މީޑިއާއަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި ޓްރައިބިއުނަލްގެ ރިޔާސަތުން ބޭނުންވެއްޖެ ހިނދެއްގައި ޖަވާބުދާރީވުމުގައި އެހީތެރިވެދިނުން.

  ފެންވަރު ނުވަތަ ޝަރުތު: ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރައްވާފައިވުން.

  މި މަޤާމަށް މީހަކު ނެގުމުގައި ވަޒީފާއާބެހޭ ޤާނޫނާގުޅޭ ދާއިރާއިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

 އެހެނިހެން:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

 މަސައްކަތްކުރަންޖެހޭތަން:  މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

02 ފެބުރުވަރީ 2020
ހޯދާ