ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކްގެ ބައުންޑަރީ ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

ގދ. ތިނަދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކްގެ ބައުންޑަރީ ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ގދ. ތިނަދޫ ކައުންސިލްގެ އިދާރާއިން އަލަށް ޤާއިމްކުރާ ކުޑަކުދިންގެ ޕާރކުގެ ބައުންޑަރީ ފާރު އަމިއްލަ ތަކެތީގައި  ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

 02 ފެބްރުއަރީ 2020

އާދިއްތަ 

10:00 (ހެނދުނު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

09 ފެބްރުއަރީ 2020

 އާދިއްތަ       

10:00 (ހެނދުނު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

     

      މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ. 

29 ޖަނަވަރީ 2020
ހޯދާ