މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލް އުސޫލުން މިސްކިތު އިމާމު/ މުދިމުންގެ މަސައްކަތް ކުރާނެ މީހުން ހޯދުން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިރަށު މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން، މުދިމުން އަހަރީ ޗުއްޓީއާއި ސަލާމާއި އަދި އާޢިލީ ޒިންމާފަދަ ޗުއްޓީތައް ނެގުމުން ޕޫލް އުޞޫލުން މިސްކިތު، އިމާމު، މުދިމުންގެ މަސައްކަތް ކުރާނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އިމާމުން، މުދިމުން

ބޭނުންވާ ޢަދަދު

އިމާމުން/ މުދިމުން 3 (ތިނެއް)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ ރ މާކުރަތު ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ތަން

ރ. މާކުރަތު މިސްކިތްތައް

މަޤާމް

ރޭންކް

ޝަރުޠު ފުރިހަމަވާނަމަ މަސައްކަތްކުރާ ގަޑިކަތަކަށް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

އިމާމް

ޖީ.އެސް 3

61.00 ރުފިޔާ

05 ގަޑިއިރު

މުދިމް (އިމާމުކަމުގެ ޝަރުޠު ހަމަނުވާ ނަމަ)

ޖީ.އެސް: 01

53.00 ރުފިޔާ

05 ގަޑިއިރު

ސަރވިސް އެލަވަންސް

ނެތް

އިމާމުން/ މުދިމުންގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށު ކައުންސިލުގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން

2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ރަށު ކައުންސިލް އިދާރާއަށް އަންގައި ކައުންސިލުގެ ލަފާގެމަތިން އެކަން ރަނގަޅު ކުރުން

3. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށު ކައުންސިލް އިދާރާއަށް އަންގައިގެން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން

4. ރަށު ކައުންސިލް އިދާރާއިން އަންގަވައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދު ކުރުން. އަދި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރުން

5. މިސްކިތްތަކުގެ މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތްބަލާ ރަށު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އެމީހުންލައްވާ މަސައްކަތް ކުރުވުން. އަދި މަސައްކަތު މީހުންގެ ޙާޟިރީ ބެލެހެއްޓުން

6. މިސްކިތުގައި ކުރާ ކޭނަމާދާއި، ހުކުރުނަމާދާއި، ތަރާވީޙް ނަމާދާއި، ޢީދު ނަމާދަށް މިސްކިތަށް ޙާޟިރުވެ އެކަމަށް މިސްކިތް ތައްޔާރުކުރުން

7. ރަމަޟާންމަހު ތަރާވީޙް ނަމާދު އިމާމުވެ ކުރުން

8. މިސްކިތު މަސައްކަތު މީހާ ޙާޟިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު/މުދިމް މިސްކިތުގެ އެތެނެ ސާފްކުރުމާއި ނަމާދުކޮށް ނިމިގެން ދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

9. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން

10 މިސްކިތުގެ ގޯތިތެރޭގައި އިންދާފައި ހުންނަ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައް ކުރުވުން

11. މިސްކިތާއި ބެހޭ ގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަދުއަހާ އެޝަކުވާތައް ރަށު ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.

12. ރަށު ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން

13. މިސްކިތު ގޯތިތެރޭގައި ބަހައްޓާފައިހުންނަ ވާރޭފެން އަޅާ ޢާންމު ހަންތަކަށް ފެންއެޅުމަށް ކައުންސިލުންދޭ ލަފާގެމަތިން އެމަސައްކަތް ކުރުވުން

 

މަޤާމުގެ ޝަރުޠުތައް: އިމާމް/ މުދިމް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ރީތިކޮށް ބަންގިގޮވާއި، ޤުރުއާނުގެ ތަޖްވީދުގެ ހަމަތަކާ އެއްގޮތައް ޤުރުއާން ކިޔަވަން ދަންނަ މީހަކުކަމުގައިވުމާއެކު، ނުވަތަ ޠާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ ސާނަވީ އިމްތިޙާނު 02 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ނުވަތަ [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޖެނުއަރީ 2020 އާއި 13 ފެބުރުއަރީ 2020 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓް www.mci.gov.mv ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށީގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.    

 

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009831، 4009833 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

 

16 ޖުމާދަލްއޫލާ 1441

21 ޖަނަވަރީ 2020
ހޯދާ