މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޡަކު، ހިލޭސާބަހަށް ގެނެސްދިނުމުގެ ފުރުޞަތު ހުޅުވާލުން

ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ޙާފިޡަކު،ހިލޭސާބަހަށް ގެނެސްދިނުމުގެ ފުރުޞަތު ހުޅުވާލުން

 

މިއަހަރު މިރަށު މަސްޖިދުއްޛިކްރާގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރާނެ ފަރާތެއް ހިލޭސާބަހަށް މިރަށަށް ގެނެސްދީ އެފަރާތަށް ބޭނުންވާނޭ އެންމެހާ ޚިދްމަތްތައް ކައުންސިލާއި ގުޅިގެން ދަރުމައަށް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އަންނަނިވި ބައިތަކަށް ނުވަތަ ވަކިވަކި ޚަރަދުގެ ގޮތުގައި ފައިސާގެ އެހީދިނުމަށް ނުވަތަ ޢަމަލީ ގޮތުން އެކަންކަން  ކޮށްދިނުމަށް އެހީދޭ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.

  • ޙާފިޡަކު ރާއްޖެއިން ބޭރުން ގެނައުމުގެ ޓިކެޓުގެ ޚަރަދު
  • ޙާފިޡަކު ރާއްޖެއަށް އައުމުން މާލޭގައި މަޑު ކުރުމުގެ ޚަރަދާއި ރަށަށް އައުމުގެ ދަތުރު ޚަރަދާއި އެނބުރި މާލެ ގެންދިއުމުގެ ޚަރަދު
  • ޙާފިޡު ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ޓިކެޓުގެ ޚަރަދު
  • ޙާފިޡަށް ދެވޭ އެލަވަންސް
  • ޙާފިޡު ހުރުމުގެ ޚަރަދު (35 ދުވަހުގެ ކޮޓަރި ކުލި)
  • ޙާފިޡްގެ ކެއިންބުއިމުގެ ޚަރަދާއި، ދޮވެ އިސްތިރިކުރުމުގެ ޚަރަދު (35 ދުވަހުގެ)

ޙާފިޡަކު ގެނައުމުގައި އެހީދޭ ފަރާތްތަކުން ދެވެން އޮތް އެހީގެ ބާވަތްތައް ވަކިވަކިންވެސް ނުވަތަ އެ ޙާފިޡްގެ ހުރިހާ ޚަރަދެއް އެއްކޮށްވެސް ކުރެވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ ކަންކަމަށް ޚަރަދު ދެއްވުމަށާއި އެހީ ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެހީތެރިކަންދޭން ބޭނުންވާ ކަންކަން ބަޔާންކޮށް 05 ފެބުރުއަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ  [email protected] އަށް ނުވަތަ  [email protected] އަށެވެ. މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފޯން 6640071 އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޚިރާ 1441

27 ޖަނަވަރީ 2020

27 ޖަނަވަރީ 2020
ހޯދާ