ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހުޅުމާލޭ ކޮމިއުނިޓީ ސްޕޯރޓްސް ކޮމްޕްލެކްސްގެ ސްވިމިންގ ޕޫލަށް މުވައްޒަފަކު ހޯދުން

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ސްވިމިންގ ޕޫލަށް މުވައްޒަފަކު ބޭނުން ވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަޤާމަށް އެދި މިއެސޯސިއޭޝަނުގެ އިދާރާއަށް 30 ޖަނަވަރީ 2020 ވާ ބުރާސްފަތިދުވަހު 13:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ސިޓީއާއި އެކު، އެމީހެއްގެ އައިޑީކާޑު ކޮޕީއާއި ވަނަވަރު އަދި އެހެނިހެން ލިޔުންތައް މިއެސޯސިއޭޝަނަށް ހުށަހަޅަން ވާނެއެވެ.

ކުރަންޖެހޭ މަސައްކަތް

1-    ސްވިމިންގ ޕޫލަށް ޒިޔާރަތްކުރާ މީހުންގެ ހާޒިރީ ބެލެހެއްޓުން.

2-    ސްވިމިންގ ޕޫލު މެންބަރޝިޕް ހަދައިދޭންޖެހޭ ފަރާތްތަކަށް މެންބަރޝިޕް ދޫކުރުން.  

3-    ވަކި ވަގުތުތަކަށް ސްވިމިންގ ޕޫލު ބޭނުންކުރަން އެދޭފަރާތްތަކަށް ޓިކެޓް ވިއްކައިދިނުން.

4-    ޕޫލު ބޭނުންކުރާ މީހުން ޕޫލުގައި ހޭދަކުރާއިރު އެފަރާތްތަކުގެ ޙަރަކާތްތައް ބެލުން.

5-    ޕޫލު ބޭނުންކުރާ ފަރާތްތަކުން ޕޫލު ބޭނުންކުރުމުގެ ޤަވާޢިދަށް ޢަމަލުކުރޭތޯ ބެލުން.  

6-    އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމުގައި ޕޫލު މެނޭޖަރަށް އެހީތެރިވުން.  

މުސާރަ އާއި އުޖޫރަ އަދި މަސައްކަތް ކުރަންޖެހޭ ވަގުތު

1-    މުސާރަ: މަހަކު 6000.00 (ހަހާސް) ރުފިޔާ.

2-    އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑި.   

3-    މަސައްކަތްކުރަން ޖެހޭނީ ދުވާލަކު 8 ގަޑިއިރު.  

ފެންވަރު ނުވަތަ ޝަރުޠު

1-    ގުރޭޑް 10 ނިންމާފައިވުން.

2-    ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތުގެ ޝައުޤު ހުރި މީހަކަށްވުން.

3-     ޢުމުރުން 18 އަހަރާ 55 އަހަރަދާ ދެމެދުގެ މީހަކަށްވުން.

27 ޖަނަވަރީ 2020
ހޯދާ