މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމު:

ޑިރެކްޓަރ

މަޤާމު ނަންބަރު:

J-271216

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ، ކ. މާލެ

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

 1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު)
 2. ސަޕޯޓިންގ ކޯ އެލަވަންސް: -/1100 (މަހަކު)
 3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކޯޕަރޭޓް ސެކްޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން ކޯޕަރޭޓް ސެކްޝަންގެ ދަށުގައި ހިމެނޭ އެޑްމިނިސްޓްރޭޝަން އަދި ހިއުމަންރިސޯސް ޔުނިޓް، ފައިނޭންސް އަދި ޕްރޮކިއުމަންޓް ޔުނިޓް އަދި އައި.ސީ.ޓީ ޔުނިޓްގެ އެންމެހާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލާ، ގަވައިދުން މަސައްކަތްތައް ބެލެހެއްޓުން. 

2-      އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަންތަކުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް ހަލުވިކަމާއެކު، ނަތީޖާ ލިބޭފަދަ ގޮތެއްގައި އޮތޯރިޓީ ހެޑްގެ ލަފާފުޅާއެކު ހިންގާ ބެލެހެއްޓުމާއި އިދާރީ ޔުނިޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަންތައްތައްރޭވުމާއި، ރާވާގޮތުގެމަތިން ކަންތައްތައް ހިނގާތޯބެލުމާއި، އެކަންކަން ބެލެހެއްޓުމުގައި ޒިންމާވެ މަސައްކަތް ކުރުމާޙަވާލުވެ ހުންނެވި ވެރިއެއްގެ މަސައްކަތް ސުޕަވައިޒްކުރުން.

3-      އޮތޯރިޓީ އަކީ މުވައްޒަފުން މަސައްކަތް ކުރަން އެންމެ އެކަށޭނެ މާހައުލެއްކަން ކަށަވަރުކުރުމަށް ހަމަޖައްސަންޖެހޭ އެންމެހާ  ކަންތައްތައް ހަމަޖެއްސުން. މީގެތެރޭގައި އޮފީސް މަރާމާތް ކުރުމާއި އަދި ފޮޅާ ސާފުކުރުމަށް ޙަވާލު ކުރެވިފައިވާ ފަރާތްތަކުގެ މަސައްކަތްތަށް ކޮށްފައިވަނީ އެންމެ ފުރިހަމައަށްތޯ ކަށަވަރުކުރުން.

4-      ސްޓްރެޖިކް ޕްލޭނަށް ބިނާކޮށް އޮތޯރިޓީގެ އޮނިގަނޑު އަދި ވަރކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ވިލަރެސްކޮށް، އޮނިގަނޑުގައިވާ މަޤާމުތަކުގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރުވައި، ސިވިލް ސަރވިސް މެދުވެރިކޮށް އޮނިގަނޑު ފާސްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކަނޑައެޅިފައި އޮންނަ މުއްދަތަކަށް ރޭވިގެން ކުރިއަށް ދޭތޯ ބަލައި ކަށަވަރުކުރުން.

5-      އޮތޯރިޓީގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ކުރިއެރުން ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާބެހޭ ހުރިހާކަމެއް އެ ކަންކަން ބެލެހެއްޓުމާއި ޙަވާލުކުރައްވާފައިވާ ޔުނިޓްގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއިއެކު މުވައްޒަފުންނަށް އަންގަންޖެހޭ އެންމެހާ ޤަވާޢިދުތަކާއި އެންގުންތައް ބަރާބަރަށް އެންގެމުންދޭތޯ ބެލުން.

6-      އޮފީހުގެ ޓްރެއިނިންގ ރިކުއަރމެންޓް ތައްޔާރުކުރުމުގެ މަސައްކަތާއި، މުވައްޒަފުންނަށް ޓްރެއިނިންގ ހޯދައިދިނުމުގެ މަސައްކަތް ވިލަރެސްކުރުން. އަދި މީގެ އިތުރުން އޮތޯރިޓީގެ މުވައްޒަފުންނަށް ހިންގޭ އެކިއެކި ޓްރޭނިންގ ޕްރޮގްރާމްތައް ގެންދެވެނީ މުވައްޒަފުންގެ މެދުގައި ހަމަހަމަގޮތެއްގައި ބަހާލެވިގެންތޯ ބަލައި ޗެކްކުރުން.

7-      އޮތޯރިޓީގެ އަހަރީ ރިޕޯޓާއި އޮތޯރިޓީގެ ލަފާކުރާ ބަޖެޓް އަދި އޮތޯރިޓީގެ މާލީހިސާބުތައް ތައްޔާރުކޮށް ކަނޑައެޅިފައި އޮންނަ މުއްދަތަކަށް ފޮނުވުމުގެ ކަންތައް ރާވައި ކުރިއަށްގެންދިޔުން.

8-      އޮތޯރިޓީގެ ބަޖެޓާއިބެހޭ އެންމެހާ ކަންތައްތައް އޮތޯރިޓީގެ ހެޑްގެ ލަފަޔާއި އެކު ހިންގާ ބެލެހެއްޓުމަށް ޙަވާލުކުރައްވާފައިވާ ފައިނޭންސް ޔުނިޓްގެ އިސްވެރިޔާ އެމަސައްކަތް ކުރާނުކުރާގޮތްބަލާ، އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކޮށް ދެއްވަންޖެހޭ ލަފައާއި އިރުޝާދު ވެރިންނަށް ދިނުން. މިގޮތުން (މާލިއްޔަތުގެ ޤަވާޢިދާއި އަދިވެސް ސަރުކާރުގެ ފައިސާއާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި ޤާނޫނުތަކުގައިވާގޮތަށްބަޖެޓް ސެކްޝަނުގެ މަސައްކަތްތައް ކުރެވެމުންދޭތޯ ބެލުން ވެސް ހިމެނެއެވެ.)

9-      ފައިސާ ބެލެހެއްޓުމާއި ބެހޭ ގޮތުން ސަރުކާރުން ހަމަޖައްސާފައިވާ އުސޫލްތަކާއި އެއްގޮތަށް ފައިސާގެ ކަންތައްތައް ބެލެހެއްޓެމުންދޭތޯ ބެއްލެވުމާއި، އޮތޯރިޓީގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ ޤަވާޢިދާ އެއްގޮތައް ބެލެހެއްޓުމާއެކު، ޖަމާކުރެވެމުންދޭތޯ ޔުނިޓުގެ އިސްވެރިޔާ ބައްލަވަމުންގެންދޭތޯ ބަލާ އެކަންކަން ސުޕަވައިޒްކުރުން. އޮތޯރިޓީގެ ފައިސާއާއި ޙިސާބުތައް ޚުލާސާކޮށް އޮތޯރިޓީގެ ހެޑަށް ޤަވާޢިދުން އަންގަމުން ގެންދިއުން.

10-  ޕްރޮކިއުމަންޓް ޔުނިޓްގައި ހިންގާ އެންމެހާ މަސައްކަތްތައް ހިންގާ ސުޕަވައިޒްކޮށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ޔުނިޓުގެ އިސްވެރިޔާގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

11-  އޮތޯރިޓީގެ އައިސީޓީ ޔުނިޓުން ކުރެވެމުންދާ އެންމެހާ މަސައްކަތްތައް ހިންގުމަށް ޙަވާލުކުރެވިފައިވާ އިސް މުވައްޒަފުގެ މަސައްކަތްތައް ބަލާ ސުޕަވައިޒްކުރުން.

12-  އޮތޯރިޓީގެ މުވައްޒަފުންގެ ޗުއްޓީ ސެކްޝަންތަކުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ތާވަލުކޮށް، ޗުއްޓީ ނަގަމުން ދަނީ އުސޫލު އަދި ތާވަލާއި އެއްގޮތަށްތޯ ކަށަވަރުކުރުން. އަދި ޗުއްޓީ ނެގުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ހިއުމަން ރިސޯސް ޔުނިޓްގެ ހެޑަށް ލަފާ ދިނުން.

 

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.   

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަންއަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރިވސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުވަރީ 5 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު،މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ފެބުރުވަރީ 6 އާއި 2020 ފެބުރުވަރީ 20 އާއި ދެމެދު، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7384892 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

27 ޖުމާދަލްއޫލާ 1441

22 ޖަނަވަރީ 2020

22 ޖަނަވަރީ 2020
ހޯދާ