ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ހާފިޒު އަހުމަދު ސްކޫލް

  ފުވައްމުލައް، ދިވެހިރާއްޖެ 

 

ނަންބަރ: IUL)GS-74/GS-74/2020/8)

އިޢުލާނު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-132476

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހާފިޒު އަހުމަދު ސްކޫލް / ފުވައްމުލައް ސިޓީ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4- ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-މުވައްޒަފުންގެ މުސާރަޝީޓް ހަމަޖެހިފައިވާ އުސޫލުގެ މަތިން ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރިޚަށް މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް އެ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާ ކުރުމަށްފަހު މުސާރަ ސްލިޕް ވަގުތުން މުވައްޒަފުންނާއި ހަވާލުކޮށް މުސާރަ ފައިސާއާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ބެލެހެއްޓުން.  

2-ބަޖެޓް ޚަރަދު ރިޕޯރޓް ވަރަށް ފަރުވާ ތެރިކަމާއެކު ހުރިހާ ހިސާބުތައް ބަރާބަރަށް ދިމާކޮށް ވޭތުވެދިޔަ މަހުގެ ރިޕޯރޓް ހިނގާ މަހުގެ 10 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި އޯޑިޓް އޮފީހަށް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

3-ކޮންމެ މަހެއް ނިމުމުން ވޭތުވެދިޔަ މަހުގެ ޚރަދު ރިޕޯރޓާއި ރިކޮންސިލިއޭޝަން ހިނގާމަހުގެ 10 ގެ ކުރިންމިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން. 

4-މި އެކައުންޓަށް ޖަމާކުރެވޭ އާމްދަނީ ފައިސާއާއި އެހެނިހެން ފައިސާ ދުވަހުން ދުވަހަށް އެކައުންޓް ބާކީއަށާއި އައިޓަމް ބާކީއަށް އެންޓަރކޮށް އާމްދަނީ ފައިސާގެ ރިޕޯރޓާއި އެހެނިހެން ފައިސާގެ ރިޕޯރޓް ހިނގާމަހުގެ 10 ވަނަދުވަހުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

5-ސްކޫލަށް ލިބޭ ބިލްތަކުގެ ތެރެއިން ބަޖެޓް އެކައުންޓް، އަދަރފަންޑް އެކައުންޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ބިލްތަކަށް ސަރުކާރުގެ މާލިއްޔަތާއިބެހޭ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން،ބިލް ސްކޫލަށް ލިބުމުން އާންމު އުސޫލެއްގެ ގޮތުން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމުމާއި ބިލް އެންޓްރީ އަބަދުވެސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

6- ސްކޫލަށް ހޯދަން ބޭނުންވާ ތަކެތި، ތަކެއްޗަށް އެދޭ ފޯމް ލިބުމުން ޕީ އޯ ހަދާ ތަކެތި ހޯދައި ދިނުމުގެ އެންމެހާ ކަންކަން އެކަމެއް ކުރުމަށް ދަތިނުވާގޮތަށް މާލިއްޔަތު ޤަޥާއިދާއި އެއްގޮތަށް ކުރުން.

7- ކޮންމެ ދުވަހަކުވެސް ބަޖެޓް އެކައުންޓުންނާއި އަދަރފަންޑް އެކައުންޓުން އެދުވަހަކު ހޯދުނު ތަކެތީގެ ޕީ އޯ ފޯރމް ރަޖިސްޓްރީއަށް އެދުވަހަކު އަރުވާ އަބަދުވެސް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ބިލް ނުލިބި ގިނަދުވަސްވާ ތަންތަނުން އެތަންތަނާއި ގުޅައިގެން ބިލްތައް ހޯދުން.

8-ސްކޫލަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުންނާއި ކުރަން ބެނުންވާ މަރާމާތުތައް ކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން. މިގޮތުން ބިޑް އުސޫލުން ކުރަންޖެހޭ ކަންކަމަށް އިއުލާންކޮށް ބިޑް އިވެލުއޭޓް ކުރުވާ މަސައްކަތް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި މަސައްކަތް ހަވާލުކުރުމުގެ ހުރިހާ ކަމެއް ކުރުން.

9-ސްކޫލުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރި ވުމާއި ސްކޫލުގެ މަސައްކަތުގެ ތެރެއިން ހަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

10-ސްކޫލަށް ބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނެ ފައިސާ އާއި މެދު އަމަލުކުރަންޖެހޭ ޤަވާއިދާއި އެއްގޮތަށް އަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް:   

ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކްނޑްރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލްސަރވިސްގެ  ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

-ތައުލީމާއި ތަމްރީނަށް ބަލައިގެން

-މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހާފިޒު އަހުމަދު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6861990 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 5 ފެބުރުއަރީ 2020 އާއި 16 ފެބުރުވަރީ 2020 އާއި ދެމެދު، ހާފިޒު އަހުމަދު ސްކޫލް އޮފީހުގައެވެ.

 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ (6861989) އަށެވެ. އީ-މެއިލް  ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ޖުމާދުލްއޫލާ 1441

20 ޖަނަވަރީ 2020

 

20 ޖަނަވަރީ 2020
ހޯދާ