މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތައް ބިދޭސީން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތައް ބިދޭސީން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

           

            މިކައުންސިލުން ހިންގަމުންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތްކުރާނެ ބިދޭސީ 01 ޑްރައިވަރާއި 04 މަސައްކަތު މީހުން ގެނެސްދިނުމަށް ކުރި ނަންބަރު (IUL)298/2019/62 އިއުލާނަށް އެކަށިގެންވާ އަދަދަކަށް އިޖާބަ ލިބިފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެކަމަށް ފުރުސަތު ހުޅުވާލަމެވެ.

            ވީމާ،  މިދެންނެވި ފަސް މަޤާމަށް ބިދޭސީން ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާފަރާތްތަކުން 2020 ޖަނަވަރީ 28 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު ބިދޭސީ މީހުންގެ (ޑިޕޮޒިޓް އަދި 1 އަހަރު ދުވަހަށްވާ ވިސާ، މެޑިކަލް، ވޯރކް ޕާރމިޓް، އިންޝިއުރެންސް ފީތަކާއި) އަދި ސަރުކާރުގެ އެހެނިހެން އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައްކުރުމާއި، މި އިދާރާއާއި ހަމައަށް މީހުންފޯރުކޮށްދިނުމަށް ނަގާ ފީ ހިމަނައިގެން އަގު ހުށަހެޅުން އެދެމެވެ. ބިދޭސީން މި އިދާރާއަށް ފޯރުކޮށްދިނުމުން އެމީހުންގެ ހުރުމާއި ކެއުން ހަމަޖައްސާނީ މިއިދާރާގެ ޚަރަދުގައެވެ. އަދި 5 ބިދޭސީންނަށްވެސް ދިނުމަށް ހަމަޖެހިފައިވާ އުޖޫރައަކީ މަހަކު 200.00 ޑޮލަރެވެ.

            ބިދޭސީން ފޯރުކޮށްދިނުމަށްއެދި ސިޓީ ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބިދޭސީން ގެނައުމުގެ ލައިސަންސް އޮތް ފަރާތްތަކަށެވެ.

                   މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                   24 ޖުމާދަލްއޫލާ 1441

                   19  ޖަނަވަރީ  2020

19 ޖަނަވަރީ 2020
ހޯދާ