ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ، ދިވެހިރާއްޖެ

 އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ

 ނަންބަރު: TENDER/HMH/2020/02


ހުޅުމާލެ ހޮސްޕިޓަލުގެ އިންޖީނުގެއިން ފެށިގެން ހޮސްޕިޓަލުގެ މެއިން ބިލްޑިންގްއާއި ހަމައަށް، 110މީޓރުގެ ކަރަންޓު ކޭބަލެއް ވަޅުލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

މައުލޫމާތު ދިނުން:

20 ޖެނުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލްވުމެއް ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރު ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

23 ޖެނުއަރީ 2020 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.

 

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

އިތުރު މަޢްލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350111 / 3350147

އީ-މެއިލް: [email protected]

15 ޖެނުއަރީ 2020

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

 

 

ހުޅުމާލެ ހޮސްޕިޓަލް، ހުޅުމާލެ، ހުވަނދުމާ ހިނގުން، ދިވެހިރާއްޖެ

އީ-މެއިލް: [email protected]   ވެބްސައިޓް: www.hmh.gov.mv   ފޯން: +960 3350147 /+960 3350111

15 ޖަނަވަރީ 2020
ހޯދާ