އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި އޮޑިދޯނިފަހަރު މަރާމާތު ކުރުމަށް ބޭނުން ކުރާ ސަރަޙައްދުގެ ވަށާފާރުގެ މަސައްކަތް ކުރުމާއިބެހޭ.

އިޢުލާނު

މިރަށުގައި އޮޑިދޯނިފަހަރު މަރާމާތު ކުރުމަށް ބޭނުން ކުރާ ސަރަޙައްދުގެ ވަށާފާރުގެ މަސައްކަތް ކުރުމާއިބެހޭ.

              މިރަށުގައި އޮޑިދޯނިފަހަރު މަރާމާތުކޮއް އެހިލާ ބެލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގެ އިންވަކިރުމަށްޓަކައި އެތަނުގެ ފާރުތައް ރޭނުމަށްބޭނުންވާ ކޮންކްރީޓް މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައި ކޮށްފައިވާ އިއުލާން ނަންބަރ: (IUL)342/INDIV/2019/136 އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީވެ އެއިއުލާން ބާޠިލް ކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

              ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

21 ޖެނުއަރީ 2020

އަންގާރަ

މެންދުރު ކުރި 11:00

އަންދާސީ ހިސާބް ހުށަހެޅުން

29 ޖެނުއަރީ 2020

ބުދަ

މެންދުރު ކުރި 11:00

 

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަނެވޭނެ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް އެފަރާތުގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަނެވިދާނެއެވެ.

                  މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކުންފުނީގެ  ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ޖަމާޢަތުގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  19 ޖުމާދިލްއޫލާ 1441

                     14 ޖެނުއަރީ 2020

14 ޖަނަވަރީ 2020
ހޯދާ