ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޮޗަރ (ވަގުތީ) / ގއ.އަތޮޅު ހޮސްޕިޓަލް

                                    ނަންބަރު : IUL)GAAH/2020/03)   

އިޢުލާން             

މި ހޮސްޕިޓަލުގެ ވަގުތީ ވޮޗަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ވޮޗަރ  (ވަގުތީ)

މަޤާމުގެ ނަންބަރު

J-254382 ، J-258468

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ގިންތި

ވަގުތީ (ވަޒީފާ ހަމަޖެހޭ ތާރީޙް އިން ފެށިގެން 03 މަސްދުވަހުގެ ނިޔަލަށް)

މަޤާމުގެ ރޭންކް

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1 

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ޔުނިޓް

މަޤާމު އޮތް އޮފީސް

ގއ. އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. އަތޮޅު ހޮސްޕިޓަލް

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

1200/- ރުފިޔާ

އެހެނިހެން އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 • ހޮސްޕިޓަލުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަޙައްދު ރަނގަޅަށް ބެލެހެއްޓުން.
 • ކަމާނުބެހޭ މީހުން ބަލިމީހުންގެ ކައިރިއަށް ވަނުން ކޮންޓްރޯލް ކުރުން އަދި ބަލިމީހާއަށާއި ޑިއުޓީގައި އުޅުއްވާ އެހެން މުވައްޒަފުންނަށް ދަތިނުވާނޭ ގޮތަށް ތަނުގެ މާހައުލު ތަނަވަސް ކުރުމުގައި އެހީތެރިވުން.
 • ހޮސްޕިޓަލުގެ ޚިދުމަތަށް އެދިގެން އަންނަ މީހުންނަށް ބޭނުންވާ ކަންކަމުގައި ޑިއުޓީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް އެހީތެރިވެދިނުން.
 • އިމާރާތާއި ގޯއްޗަށް މީހަކު ފުށުން ދީފާނެ ގެއްލުމަކުން ރައްކާތެރިވުމަށް މަގު ފަހިކުރުން.
 • ހޮސްޕިޓަލުގެ ބޮކި ފަންކާފަދަ ތަކެއްޗަށް މައްސަލައެއް ޖެހިއްޖެނަމަ އެކަން ކަމާބެހޭ މުވައްޒަފަކަށް ހުށަހަޅައިގެން ޙައްލުކުރުން.
 • މުވައްޒަފުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިނުވާގޮތަށް، އެހެން މުވައްޒަފުންގެ މަސައްކަތައް އެހީތެރިވުމަށް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވެދިނުން.
 • ޞިއްޙީމަރުކަޒަށް އެމްބިއުލާންސްގައި ގެނެވޭ ބަލިމީހުން އެމްބިއުލާންސުން ބޭލުމާއި، އަދި މަރުކަޒުން އެމްބިއުލާންސްގައި ގެންދަންޖެހޭ މީހުން އެމްބިއުލާންސަށް އެރުވުމުގައި އެހީތެރިވުން
 • ހޮސްޕިޓަލުގެ ގޯތިތެރޭގައި ޤަވާއިދާ ޚިލާފު ކަމެއް ހިނގާ ނަމަ އެކަމެއް ޙައްލުކުރުން، އަދި އަމިއްލައަށް ޙައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ރިސެޕްޝަނަށް އެންގުން.
 • ހޮސްޕިޓަލުގައި ގަސްއިންދުމާއި، އަދި މަރުކަޒުގެ ވާރޭފެންތާންގީތައް ދޮވެސާފްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
 • ހޮސްޕިޓަލުގައި އާންމުޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ޒިޔާރަތްކުރާ މީހުންނާއި ޤަވާއިދުތަކާއި އެއްގޮތަށް ރިވެތިބަހުން މުއާމަލާތްކުރުން

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން އެގުން.

ނޯޓް:   ލިޔަންކިޔަން އެނގޭކަން ދެ ނެގަންނާނީ، ދަށްވެގެން ގްރޭ ޑް 5 ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ

ގުޅޭ ވަޒީފާގެ ދާއިރާތައް

       ސެކިއުރިޓީ ސާރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައި ވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެ ދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ގއ. ދެއްވަދޫ ސިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަ މަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

        ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ސިވިލް ސާރވިސް ކޮމިޝަން އަދި ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ގއ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ 27 އާއީ 2020 ވަނަ އަހަރުގެ 06 ފެބުރުއަރީ 2020 އާ ދެމެދު ގއ.އަތޮޅު ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

 

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2) ޢާއްމުކޮށް ފެންނާނެހެން މިއިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ  A2ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި  އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅުއްވާނީ 6820070 ނަމްބަރ ފޯނަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.  

15 ޖެނުއަރީ 2020 ހ.

20 ޖުމާދުލްޢޫލާ 1441 މ.

15 ޖަނަވަރީ 2020
ހޯދާ