ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު :1

މާލޭ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި މަރާމާތު ކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރު އަދި އިންޑިއާ ސަރުކާރާ ދެމެދު ކުރިއަށް ގެންދާ "އާކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާ (އޭ.އެސް.އައި) ޕްރޮޖެކްޓްގައި މަސައްކަތް ކުރުމަށް ތިރީގައި މިދަންނަވާ މިމަޤާމްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (02 އަހަރު)

ސެކްޝަން / ޔުނިޓް

ހެރިޓޭޖް ސެކްޝަން / ހެރިޓޭޖް މެނޭޖްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، މާލެ

މުސާރަ:

މަސައްކަތަށް ނިކުންނަ ކޮންމެ ގަޑިއިރަކަށް 137.43 ރުފިޔާ

(އާދައިގެ މަތީން ދުވާލަކަށް ނިކުންނަންޖެހޭނީ 08 ގަޑިއިރު، 01 ގަޑިއިރު ބްރޭކް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ހުކުރު މިސްކިތް ޕްރޮޖެކްޓްގައި މަސައްކަތް ކުރަމުންދާ ޓީމު ތަކުގެ މަސައްކަތްތައް، ޕްލޭންއާއި އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ޕްރޮޖެކްޓުގެ ދަށުން ހިންގާ ހުރިހާ ކަމެއް ބަލައި، އިރުޝާދު ދިނުމާއި ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. ޕްރޮޖެކްޓުގައި މަސައްކަތްކުރުމަށް ރާއްޖޭން ބޭރުން އަންނަ ފަރާތްތަކަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަކާއި ވީސާގެ ކަންކަން، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ރާވާ ހިންގާ ބެލެހެއްޓުން
  3. ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ކުރުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަށް ކަމާބެހޭ އިދާރާތަކުން ހޯދުމުގެ މަސައްކަތް، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ރާވާ ހިންގާ ބެލެހެއްޓުން
  4. ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ސާމާނު އެތެރެކުރުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަށް ކަމާބެހޭ އިދާރާތަކުން ހޯދުމުގެ ކަންކަމާއި، ކާގޯ ކްލިއަރަންސާ ގުޅިގެން ކުރަންޖެހޭ އެނމެހައި މަސައްކަތްތައް، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ރާވާ ހިންގާ ބެލެހެއްޓުން
  5. ޕްރޮޖެކްޓްގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި މަސައްކަތްތައް އޯވަރޯލްކޮށް މޮނިޓަރކޮށް ދޭންވާ ލަފައާއި އިރުޝާދު ދިނުމާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުން.
  6. އޭ.އެސް.އައި ޓީމުގެ މަސައްކަތް ހިނގާގޮތް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ހަފްތާޔަކު އެއް ފަހަރު ރިޕޯޓު ކުރުން.
  7. މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް (މެނޭޖްމަންޓް ރިޕޯޓު، ކޮންޒަރވޭޝަން ރިޕޯޓު) އަހަރަކު 2 ދެފަހަރު ތައްޔާރުކޮށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ހުށަހެޅުން.
  8. މަސައްކަތާ ގުޅޭގޮތުން ލަފާދޭ ކޮމިޓީއެއް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ލަފާގެ މަތިން އެކުލަވާލާ، ކޮމިޓީގެ އެންމެހައި މަސައްކަތްތައް ކުރުން.
  9. މަސައްކަތާއި ގުޅޭގޮތުން މީޑިއާ އަށް ދޭންޖެހޭ ފަންނީ މަޢުލޫމާތުތައް ތައްޔާރުކޮށް އެކަމާ ގުޅޭ ފަރާތްތަކާ ޙިއްސާކުރުން. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިންޑިޔާގެ އެމްބަސީ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ތަރިކައާއި ގުޅުންހުރި ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މިފަދަ މަޝްރޫޢުތައް ޢަމަލީގޮތުން ހިންގުމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ކޮންސްޓްރަކްޝަން ޕްރޮޖެކުޓުގައި މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން
  3. ދިވެހި ބަހުންނާއި އިނގިރޭސިބަހުން ރިޕޯޓުތައްޔާރު ކުރުމުގެ ތަޖުރިބާ ލިބިފައިވުން
މަޤާމް :ޕްރޮޖެކްޓް ކޯޑިނޭޓަރ
ބޭނުންވާ އަދަދު :1

މަޤާމް:

ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (02 އަހަރު)

ސެކްޝަން / ޔުނިޓް

ހެރިޓޭޖް ސެކްޝަން / ހެރިޓޭޖް މެނޭޖްމަންޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، މާލެ

މުސާރަ:

މަސައްކަތަށް ނިކުންނަ ކޮންމެ ގަޑިއިރަކަށް 98.86 ރުފިޔާ

(އާދައިގެ މަތީން ދުވާލަކަށް ނިކުންނަންޖެހޭނީ 08 ގަޑިއިރު، 01 ގަޑިއިރު ބްރޭކް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޕްރޮޖެކްޓުގެ އިދާރީ މަސައްކަތުގައި ބޭނުންވާ އެހީތެރިކަން ޕްރޮޖެކްޓް މެނޭޖަރަށް ފޯރުކޮށްދިނުން.
  2. ޕްރޮޖެކްޓުގައި މަސައްކަތްކުރުމަށް ރާއްޖޭން ބޭރުން އަންނަ ފަރާތްތަކަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަކާއި ވީސާގެ ކަންކަން، ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެ ދަށުން ކޮށް، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ބެލެހެއްޓުން
  3. ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ކުރުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަށް ކަމާބެހޭ އިދާރާތަކުން ހޯދުމުގެ މަސައްކަތް، ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެ ދަށުން ކޮށް، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ބެލެހެއްޓުން
  4. ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ސާމާނު އެތެރެކުރުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަށް ކަމާބެހޭ އިދާރާތަކުން ހޯދުމުގެ ކަންކަމާއި، ކާގޯ ކްލިއަރަންސާ ގުޅިގެން ކުރަންޖެހޭ އެނމެހައި މަސައްކަތްތައް، ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދުގެ ދަށުން ކޮށް، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ބެލެހެއްޓުން
  5. ދުވަހުން ދުވަހަށް ތައްޔާރުކުރާ މަސައްކަތްތަކުގެ ރިޕޯޓް ޕްރޮޖެކްޓް މެނޭޖަރާ ޙިއްސާކުރުން
  6. މަސައްކަތާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް އެހީތެރިވުން
  7. ތާވާލު ތައްޔާރުކުރުމާއި، ޕްރޮޖެކްޓް ޓީމުގެ ހާޒިރީ ބެލެހެއްޓުން ފަދަ ޕްރޮޖެކްޓްގެ އިދާރީ މަސައްކަތްތައް ފުރިހަމަ ކޮށް ޕްރޮޖެކްޓް މެނޭޖަރާ ހިއްސާކުރުން
  8. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިންޑިޔާގެ އެމްބަސީ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ތަރިކައާއި ގުޅުންހުރި ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓު ނުވަތަ ބިޒްނަސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މިފަދަ މަޝްރޫޢުތައް ޢަމަލީގޮތުން ހިންގުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ޕްރޮޖެކުޓުގައި މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން
  3. ދިވެހި ބަހުންނާއި އިނގިރޭސިބަހުން ރިޕޯޓުތައްޔާރު ކުރުމުގެ ތަޖުރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު، ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ، 2020 ޖަނަވަރީ 26 އާއި 2019 ފެބުރުވަރީ 06 އާ ދެމެދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340206 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 16 ޖުމާދުލްޢޫލާ 1441

11 ޖަނަވަރީ 2020
ހޯދާ