މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

                                                                   

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                    އިޢުލާން ނަންބަރު:IUL)MMPRC-HR/1/2019/91) 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ޑެޕިއުޓީ ޑިރެކްޓަރ

- އަސާސީ މުސާރަ (މަހަކު): -/11,400 ރުފިޔާ

- ސާރވިސް އެލަވެންސް (މަހަކު): -/3,800 ރުފިޔާ

- ޑެއިލީ އެލަވެންސް (މަހަކު): -/3,800 ރުފިޔާ   

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް ސެކްޝަން:ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 1

1 - ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު: 

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 (މާސްޓާސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ/އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ޑެސްޓިނޭޝަން މާކެޓިންގެ ހަރަކާތްތަކުގައި ތަފާތު ގިނަ ޚިޔާލުތަކާއި، އާވިސްނުންތަކާއި އެކު މަސައްކަތްކުރުމައް ޚިޔާލު ދިނުން.

2. މާކެޓިންގ ޓީމުގެ ޚިޔާލުތަކާއި ވެރިންގެ އިރުޝާދާއި ލަފާގެ މަތިން ކަންކަން ކުރުމުގެ ޤާބިލްކަން ހުރުން. 

3. ކޮންމެ އަހަރަކު ތައްޔާރުކުރެވޭ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ސީނިއަރ މެނޭޖްމަންޓްގެ ލަފާގެ މަތިން ތައްޔާރުކުރުން.

4. މިކޯޕަރޭޝަނުގެ ފަރާތުން ރާއްޖޭން ބޭރުގައި އައްޔަންކުރާ ޕަބްލިކް ރިލޭޝަންސް ފަރމްތައް އައްޔަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި މަސައްކަތްތައް ކުރިއަށް ގެންދިއުން.

5. ރާއްޖެއަށް މުހިއްމު މާކެޓްތަކުގެ މީޑިއާގެ ފަރާތްތައް/ބްލޮގަރސް/އިންފްލުއެންސަރސް ރާއްޖެ ގެނެސް، ރާއްޖެއާއިބެހޭ މަޢުލޫމާތު ހިމެނުމަށްބޭނުންވާ ފެމިލިއަރައިޒޭޝަން ދަތުރުތައް ރާވައި އެމަސައްކަތްތައް ސުޕަވައިޒްކުރުން.

6. މާކެޓްތަކުގެ މާކެޓް ރިޕޯޓް، ފެއަރ ރިޕޯޓް ފަދަ މާކެޓިންގއާ ގުޅުންހުރި އެންމެހާ ރިޕޯޓްތައް ނިންމަންޖެހޭ މުއްދަތައް ނިންމުން.

7. ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

ފޯމް ފޮނުވަންވީ ތާރީޚާއި ތަން: 30 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް

4- ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ މިކޯޕަރޭޝަންގެ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-  ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

 5 - އިތުރު މަޢްލޫމާތު:

  • ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯދުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މި ލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

6- އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

23 ޑިސެންބަރު 2019
ހޯދާ