ގުޅީ ސްކޫލް
ދިވެހިރާއްޖެ
ގުދަނުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސްކޫލް ގުދަން ބޮޑުކުރުން

އިޢުލާން

މި ސްކޫލުގެ ގުދަނުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ގުދަން ބޮޑުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކުރި އިޢުލާން GS146/IUL/2019/35 (09 ޑިސެމްބަރ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ އެޢިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 11:30 ށް ގުޅީ ސްކޫލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ފޯމް ރަސްމީ ގަޑީގައި ސްކޫލް އިދާރާއިން ލިބެން ހުންނާނެއެވެ.

ދެންނެވިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ކޯޓޭޝަނާއި މަޢުލޫމާތު ފުރިހަމަނުވާ ކޮޓޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑިގައި 6642512 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެެވެ.

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރު 2019
ހޯދާ