މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީ ސްކޫލު ޓީޗަރުން ހޯދުން

އިޢުލާން

ޕްރީ ސްކޫލް ޓީޗަރުން ހޯދުން

  ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމް

ޕްރީ ސްކޫލު ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

01 (އެކެއް)

ވަޒީފާގެ މުއްދަތު:

19 ނޮވެމްބަރ 2020 ގެ ނިޔަލަށް

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓު

މުނިސިޕަލް ސަރވިސް ޔުނިޓު/ ރ. މާކުރަތު ޕްރީ ސްކޫލު، ރ. މާކުރަތު

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ. މާކުރަތު ޕްރީ ސްކޫލް/ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ވަގުތު

7 (ހަތެއް) ގަޑިއިރު

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ޕްރީ ސްކޫލު ދަރިވަރުންނަށް ކިޔަވައި ދެއްވުމާއި ކުދިންނަށް ދެމުންގެންދާ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމާއި އެކުއްޖެއްގެ ފެންވަރުގައި ޕްރީ ސްކޫލު ކުދިންނަށް ތަޢުލީމުދީ އުނގަންނައި ދިނުން
 2. ކުދިންނަށް ތަޢުލީމު ދިނުމަށް ރޭވިގެން ރަނގަޅަށް ތައްޔާރު ވެގެން ތަޢުލީމު ދިނުން
 3. ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ސްކީމްތައް ހެދުމާއި ލެސަން ޕްލޭނުތައް ހެދުމާއެކު ކިޔަވައި ދިނުމަށް ރަނގަޅަށް ތައްޔާރުވުން އަދި އެކަމަށް ބޭނުންވާ ތަކެތި ކައުންސިލްގެ އިދާރާއަށް ނުވަތަ ސްޕަރވައިޒަރަށް ހުށަހަޅާއިގެން ހޯދުން.
 4. ހަވާލުވެފައިވާ ކުލާސްތަކުގައި ކިޔަވާ ކުދިންގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި ފެންވަރު ދަށްވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 5. ކުދިންނަށް ކުލާހުގައި ދެވޭ މަސައްކަތާއި ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކޮށް ރަނގަޅު ކުރަންޖެހޭ ކަމެއްވާނަމަ ރަނގަޅު ކުރުން
 6. ކުދިން ޝަޢުޤުވެރި ވާނެ ގޮތަށް ކުލާސްތެރެ ޒީނަތްތެރިކުރުން
 7. ދުވަހުން ދުވަހަށް ކުލާސްތަކުގައި ދެވޭ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން
 8. ސްކޫލްގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން
 9. ބެލެނިވެރިން ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން
 10. ކުދިންނާއެކު އުޅެވޭފަދަ މިޒާޖެއްގެ މީހަކަށްވުމުގެ އިތުރުން ތެދުވެރިކަމާއި އަމާނާތް ތެރިކަމާއި ކެތްތެރިކަމާއެކު އުފެއްދުންތެރި، ޚިޔާލުތަނަވަސް އަދި ވިސްނައިގެން ކަންތައްތައް ކުރަން އިނގޭ ރޭވުންތެރި މީހަކަށްވުން
 11. ސްކޫލާއި ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން.
 12. ކުދިންގެ ކިޔެވުމާއި ތަރުބިއްޔަތާއި ގުޅޭ ގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން
 13. ޚާއްޞަ ސަމާލުކަންދޭންޖެހޭ ދަރިވަރުންނަށް ދޭންޖެހޭ ސަމާލުކަންދީ ރައްކާތެރިކަން ދިނުން
 14. ސްކޫލު ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް (ސްކޫލު ހިންގަވާ ފަރާތްތަކުން އަންގާ ގޮތެއްގެ މަތީން) ކުރުން
 15. ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން
 16. ކުލާސް ރޫމުތަކާއި އޮފީސްތެރެ ސާފުތާހިރުކޮށް ތަރުތީބުން ތަކެތި ބެހެއްޓުމާއި ލިޔެކިޔުން ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ގެންގުޅުން

17. ވާޒީފާއާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

 1. ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރުމުގައި މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން.
 2. ކައުންސިލުން ހިންގާ އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިވުން.
 3. ސްކޫލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
 4. މީގެއިތުރުންވެސް ވަޒީފާއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

މަޤާމުގެ ނަން

މަޤާމުގެ ރޭންކް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ޝަރުޠު

މަޤާމުގެ މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ޕްރީ ސްކޫލް

އެސިސްޓެންޓް ޓީޗަރ

 

 

 

 

 

GS1

ޕްރީ ސްކޫލް

ޓީޗަރ 1

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަންސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

2,565/-ރުފިޔާ

-/1000ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

 

GS2

 

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފކެޓުލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3,000/- ރުފިޔާ

-/1000ރުފިޔާ

ޕްރީ ސްކޫލް ޓީޗަރ

GS3

ޕްރީ ސްކޫލް

ޓީޗަރ 3

-ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު ލެވެލް 3 ގެ ސަނަދެއްހާސިލުކޮށްފައިވުން.

ނުވަތަ؛އާރލީޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/3,465ރުފިޔާ

-/1000ރުފިޔާ

އެހެނިހެން އެލަވަންސް

1- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

2- ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތްތައް

3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖްރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ނުވަތަ [email protected]  އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 ޑިސެމްބަރ 2019 އާއި 31 ޑިސެމްބަރ 2019 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

-  މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009830 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

-  މިއީ ސިވިލް ސަރވިސްގެ ރަސްމީ އޮނިގަނޑުގައި ހިމެނޭ މަޤާމެއް ނޫނެވެ.

 

13 ރަބީޢުލްއާޚިރު 1441

10 ޑިސެންބަރު 2019
ހޯދާ