ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން 

ހއ.މޮޅަދޫ ޞިއްޙީމަރުކަޒަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި މަސައްކަތަށް ޤާބިލު މީހެކެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-279405

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް1

ސެކްޝަން

ހއ މޮޅަދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހއ މޮޅަދޫ ޞިއްހީމަރުކަޒު

މުސާރަ

4465.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/700ރުފިޔާ ، ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިއުބިޝަން ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. ފައިސާއާއި ގުޅުންހުރި މަސައްކަތްއް ކުރުން
 2. ތިޖޫރީ ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން
 3. ފައިސާއާއި ބެހޭ ލިޔުންތަކާއި، ބިލްތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
 4. ބަޖެޓާއި ނުބެހޭ އެކައުންޓް ބެލެހެއްޓުމާއި، ރިޕޯޓްހަދާ މަހުންމަހަށް ފޮނުވުން
 5. ފައިސާއާއި ބެހޭ ރިޕޯޓްތައް ތައްޔާރު ކުރުމާއި، ރިޕޯޓް ފޮނުވުމުގައި ސެކްޝަނުގައި އިސްކޮށް ހުންނަވާ ފަރާތަކަށް ފުރިހަމައަށް އެހީތެރިވެ އެއްބާރުލާ މަސައްކަތް ކުރުވުން.
 6. ބަޖެޓް ސެކްޝަނުގައި އިސްކޮށް މަސައްކުރައްވާ މުވައްޒަފަކު ނެތިއްޖެ ހިނދެއްގައި އިސްވެ މަސައްކަތްކޮށް އެޒިންމާ އުފުލުން
 7. ޞިއްޙީ މަރުކަޒު ތަކުގެ މުވައްޒަފުންގެ މުސާރަ ދިނުމާބެހޭ ކަންތައްތައް ދުރާލާ ރާވާ އިންތިޒާމުކޮށް ބެލެހެއްޓުން. އަދި ދުރާލާ އިތުރަށް ބޭނުންވާ ފައިސާއަށް އެދި ހޮސްޕިޓަލާއި މިނިސްޓްރީ ގައި ދަންނަވާ އެކަންކަމަށް މަސައްކަތް ކުރުން.
 8. ޞިއްޙީމަރުކަޒުގެ މުވައްޒަފުންނަށް އިދާރީގޮތުން ދޭންޖެހޭ ޚިދުމަތްތައް ދެވޭގޮތްތައް ބެލެހެއްޓުމާއި، އެޚިދުމަތްތައް ދިނުން.
 9. ސެކްޝަނަށް ލިބޭ ރަސްމީ ލިޔުންތަކަށް ޖަވާބުތައްޔާރުކުރުން
 10. އަތޮޅުތެރޭގެ ޞިއްހީޚިދުމަތްދޭ ތަންތަނަށް އިދާރީގޮތުން އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަދި ފޯނުން އެކަންކަމުގެ މަޢުލޫމާތުތައް ކަމާއިގުޅޭ ފަރާތްތަކާއި ގުޅައިގެން ހޯދައި، ސެކްޝަންތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.
 11. ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ހިގާނުހިގާ ގޮތް ބަލައި ސްޕަރވައިޒުކުރުން
 12. ބިދޭސީ މުވައްޒަފުންގެ ޗުއްޓީ ރެކޯރޑްސް ބެލެހެއްޓުމާއި، މަޢުލޫމާތުތައް އަޕްޑޭޓް ކުރުން.
 13. މުވައްޒަފުންގެ މުސާރަދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމާއި،އެމަސައްކަތް ބެލެހެއްޓުން
 14. ކޮންމެ ދުވަހަކުވެސް އޮފީހަށް ލިބޭ އެންމެހާ ލިޔެކިޔުންތައް ޤަވާއިދުން އެންޓްރީކޮށް ވެރިޔާއާއި ހަމައަށް ގެންދިއުން.
 15. ކޮންމެދުވަހަކުވެސް ލިބޭ ލިޔުންތައް ޤަވާއިދުން ހަވާލުކުރަންޖެހޭ ސެކްޝަންތަކަށް ހަވާލުކުރުން
 16. ޔައުމިއްޔާ ލިޔެބެލެހެއްޓުން.
 17. ސެކްޝަނަށް ބޭނުންވާ ސްޓޭޝަނަރީސްއަށް ރިކުއެސްޓްކޮށް ހޯދުން
 18. ރަސްމީގަޑީގައި އޮފީހަށް އަންނަ ފޯނުކޯލްތައް ރިސީވްކުރުމާއި، ކަމާއިގުޅޭ ބޭފުޅުންނާއި ގުޅުވައިދިނުން.
 19. އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ލިބޭ އެންމެހާ ލިޔެކިއުންތައް ފައިލުކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާ އިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާ އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ގުޅޭ ވަޒީފާގެ ދާއިރާ

ފައިނޭންސް

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ހިއުމަން ރިސޯސް

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ހއ މޮޅަދޫ ޞިއްހީމަރުކަޒުން ލިބެން ހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
 5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،  އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޑިސެމްބަރ 2019ވާ އަންގާރަ ދުވަހުގެ 13.00ގެ ކުރިން ހއމޮޅަދޫ ޞިއްހީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019  ޑިސެމްބަރ މަހުގެ ތެރޭގައި ހއ މޮޅަދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500579 ނަންބަރު ފޯނާއެވެ.

01 ޑިސެންބަރު 2019
ހޯދާ