ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައޮ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އިޢުލާން

 ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައޮ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1-      އަންހެން ދަރިވަރުންގެ ފާހާނާގެ އަތްދޮންނަތަށި ބެހެއްޓުން (ސީޓްއެޅުން، ތަށިބެހެއްޓުން، ފެންވައިރިން)

2-      ސައިންސް ކުލާސްރޫމް މަރާމާތުކުރުން (ދޮރުބަދަލްކުރުން، ޕާރޓްޝަން މަރާމާތުކުރުން، ތަށިމުށި ޖެހުން)

3-      ކޮންޕިއުޓަރ ލެބް މަރާމާތުކުރުން ( ބޮޑު ދޮރުބަދަލްކުރުން، ކުލަލުން، ރަނދުބެއްދުން، ތަޅުންއެޅުން)

4-      މަގުފާރު ރަގަޅުކުރުން (އުތުރު ފަރާތުގެ މަގުފާރުގެ ބަޔަކާއި، ދެކުނު ފަރާތު މަގުފާރުގެ ބައެއް ދިމަދިމާއިން ކަނޑާގެންގޮސް އަރިއަޅާފައިވާތީ، ތެދުކުރުމަށް/ ތަނބުޖެހުމާއި، މަތީބެރިއެޅުން)

5-      އޮފީސް އިމާރާތް އަސްގެނި ހިޔާކުރުން (ދޮރުތަކަށް ވާރޭވިއްސާ، އިމާރާތުގެ އެތެރެއަށް ފެންހިފާތީ، ރަގަޅުކުރުމަށް)

6-      ގުދަން މަރާމާތުކުރުން (ގުދަނަށް ފެންވަންނާތީ، އަރިމަތި މުށިޖަހާ ތަޅުންއަޅާ އުސްކުރުން)

7-      ސޭފްރޫމް މަރާމާތުކުރުން (ފެންފައިބާތަން ރަނގަޅުކުރުން، މުށިޖެހުން)

8-      ފާހާނާ ދޮރު ބަދަލްކުރުން (6 ފާހާނާގެ ދޮރުބަދަލްކުރުމާއި، ތަންޑު ހަރުކުރުން، ތަޅުންއެޅުން)

 

         ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ވޭމަންޑޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

10 ޑިސެމްބަރ 2019 ވާދުވަހު 9:00

16 ޑިސެމްބަރ 2019 ވާދުވަހު 9:00

 

 

 

ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކުތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވާނީ ކޮންބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

 

  އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780564 ނަމްބަރ ފޯނާއެވެ.

 

1 ރަބީޢުލްއާހިރު 1441

28 ނޮވެމްބަރު 2019

 

28 ނޮވެންބަރު 2019
ހޯދާ