އިޢުލާނު
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމް:
|
J-315671
|
މަޤާމުގެ ނަންބަރު:
|
1
|
ބޭނުންވާ އަދަދު:
|
ވަގުތީ
8 ސެޕްޓެމްބަރ 2021
|
މަޤާމުގެ ގިންތި:
މަޤާމުގެ މުއްދަތު ހަމަވާ ތާރީޚް:
|
އެމް.އެސް. 3
|
މަޤާމުގެ ރޭންކް:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
-/7035 ރުފިޔާ (މަހަކު)
|
މުސާރަ:
|
-/2000 ރުފިޔާ (މަހަކު)
|
ސަރވިސް އެލެވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
އެހެނިހެން އެލަވަންސް:
|
- ޕޮލިސީ ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އެކޮނަމިކް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ހިންގާ ބެލެހެއްޓުމާއި ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ފޯމް ސިވިލްސަރވިސްގެ ޤަވާއިދާ އެއްގޮތައް ފުރިހަމަކޮށް ބެލެހެއްޓުން.
- އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅުކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުއާމަލާތްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވުން.
- އަތޮޅުތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑުހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އަތޮޅުކައުންސިލް އިދާރާއިން އަތޮޅުގެ ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭ މުދާ ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އެހެނިހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
- ކައުންސިލުން ހިންގާ ލޯން ޕްރޮގްރާމްތަކުގެ މަޢުލޫމާތު ލޯނަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އަތޮޅުކައުންސިލްގެ ކުރަންޖެހޭ މަސައްކަތް ކުރުވުން.
- ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅުހޯދުމާއި އެފަދަ ތަންތަން ކުއްޔަށް ދިނުމާއި އިންވެސްޓްކުރުމާއި ކައުންސިލްގެ ނަމުގައި މިލްކު ކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންލައްވާ ކުރުވުމާއި އެފަދަ ތަންތަނުގެ ރެކޯޑް ބެލެހެއްޓުމާއި، ޕްލޭންގައި ރިއާޔަތްކޮށްފައިހުންނަން ބިންތައް ކައުންސިލުން ވަކިކަމަކަށް ބޭނުންވެގެން ހުށަހެޅުއްވުމުން އެކަން ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތައް ހުއްދަހޯދުމަށް ހައުސިންގ މިނިސްޓްރީއަށް ހުށަހަޅާ ހުއްދަހޯދުމަށްފަހު ޕްލޭނަށް އެބަދަލުގެނެސް އެކަން ރަށު ކައުންސިލަށް އެންގުން.
- ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގްރާމްތަކުގެ މަސައްކަތްތަގައި އަމަލީގޮތުން ބައިވެރިވެ މޮނިޓަކޮށް ބެލެހެއްޓުމާއެކު ދުވަހުން ދުވަހަށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކޮށް ރެކޯޑް ބެލެހެއްޓުން.
- އަތޮޅުގައި އިޖްތިމާއީ ރައްކާތެރިކަން ދެމެހެއްޓުމަށް ހިންގޭ ޕްރޮގްރާމްތައް ހިންގުމުގެ އެންމެހާ އިންތިޒާމް ހަމަޖައްސައި އެމަސައްކަތްތައް ކުރުވުމާއި އިޖްތިމަޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
- ކައުންސިލަށް އާމްދަނީ ހޯދުމަށް ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކުރެވިފައި ބިންބިމާއި ފަޅު ގޮއިފާލައްބަ ފަދަ ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެތަންތަނުގެ އާމްދަނީ ހޯދުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް މުވައްޒަފުންނާއި ގުޅިގެން ކުރުން.
- ރަށްވެހި ޚިދުމަތްތަކުގެތެރެއިން ޕްލޭނިން ޔުނިޓްގެ މަސައްކަތްތައް ރާވާހިންގާ ބެލެހެއްޓުން.
- ތާރީޚާއި ޘަޤާފީ ކަންކަން އަދި ކްލަބް ޖަމްޢިއްޔާތަކާއި ޒުވާނުންނަށް ހިންގޭ ހަރަކާތްތައް ރާވާ ހިންގުމުގައި ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- އަތޮޅުކައުންސިލް އިދާރާގެ ތަރައްޤީޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމާއި އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ލާމަރުކަޒީ ޤާނޫންގައި ވާގޮތުގެމަތިން ފޮނުވުމާއި އަދި ރަށުކައުންސިލްތަކުގެ ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރުކުރާނެގޮތް ދަސްކޮށްދިނުމުގެ ވޯކްޝޮޕް ހިންގުން އަދި ޕްލޭންގައިވާ އެކްޓިވިޓީޒްތައް ހިގާ ނުހިގާގޮތް މޮނިޓަރކޮށް ކައުންސިލަށް ރިޕޯޓް ހަދަން ޖެހިފައިވާ ޤަވާއިދާ އެއްގޮތައް ހެދުމަށްފަހު ފޮނުވުން.
- ލޭންޑްޔޫސް ޕްލޭންގައިވާގޮތައް ލޭންޑް ސަރވޭކުރުމަށް ބޭނުންވާ އިކްވިޕްމަންޓް ބޭނުންކޮށްގެން ރަށްރަށުން ގޯތިދޫކުރުމަށް ބޭނުންވާ ސަރަހައްދުތަކުގެ ގޯތިތަކުގެ އިން ވަކިކޮށްދިނުމާއި ލޭންޑްޔޫސް ޕްލޭންގައިވާގޮތައް އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތަކުގެ އިންތައް ޓޯޓަލް ސްޓޭޝަން ބޭނުންކޮށްގެން ވަކިކޮށްދިނުން.
- ރަށުކައުންސިލްތަކަށް ރަށުގެ ލޭންޑްޔޫސް ޕްލޭނާއި އެކިއެކި ބިންތަކާއި ގުޅޭގޮތުން ކައުންސިލްތަކަށް ފަންނީއަދި ޓެކްނިކަލް އެހީތެރިކަން ދިނުމާއި ރަށުކައުންސިލްތަކުން ލޭންޑްޔޫސް ޕްލޭންގައިވާ ބިންތައް ބޭނުންކުރެއްވުމުގައި ހުއްދައަށް އެދުމުން އެކަންކަމާއިމެދު ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި ޤަވާއިދުތަކާއި އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ އެނެކްސް 1 އަދި 2 ގައިވާގޮތައް އެ މަސައްކަތް ކުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުތަކުން (ބިސްނަސް އެޑްމިނިސްޓްރޭޝަން، ބިސްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތަކުން (ބިސްނަސް އެޑްމިނިސްޓްރޭޝަން، ބިސްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
ބިސްނަސް އެޑްމިނިސްޓްރޭޝަން
ބިސްނަސް މެނޭޖްމަންޓް
|
މަޤާމުގެ ޝަރުޠުތައް:
ވަޒީފާއާގުޅޭ ދާއިރާތައް:
|
ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން، ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
- 1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
- އިންޓަރވިއު
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ ގެ 14:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޑިސެންބަރު 9 އާ 2019 ޑިސެންބަރު 26 އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ގދ. އަތޮޅު ކައުންސިލް އިދާރާގައެވެ. ވުމާއެކު އިންޓަވިއުއަށް ތައްޔާރުވެގެން ތިބުމަށް ދަންނަވަމެވެ.
|
އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މިއުލާނާ ގުޅިގެން މައުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ.
|