ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ މަޝްރޫއުއާއި ގުޅޭ.

 

          ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދ.އަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 900 ހައުސިންގެ ޔުނިޓްގެ ތެރެއިން މިރަށުގައި 400ހައުސިންގ ޔުނިޓްއެޅުމަށް ވަނީ ހަމަޖެހިފައެވެ.

           ވީމާ މި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން އަމިއްލަ މީހުންނަށް ލިބިފައިވާ ގޯތީގައި ހައުސިންގެ ޔުނިޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ތިރީގައި މިދަންނަވާ މަޢުލޫމާތާއެކު 2019 ޑިސެމްބަރ 1 ވަނަދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • ގޯތީގެ / ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ
  • ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ

މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ޔުނިޓްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 900 އަކަފޫޓް (3 ކޮޓަރީގެ) އަދި ހައުސިންގ ޔުނިޓްއަޅާ ގޯތީގެ ބޮޑުމިން ގާތްގަނޑަކަށް 1400 އަކަފޫޓް ހަމަވާގޮތަށެވެ.

           މި މަޝްރޫއާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެވާހަކަ އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2019
ހޯދާ