ވަށަފަރު މަދަރުސާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއްހޯދުމާއި ގުޅޭ!

 2020 ވަނަ އަހަރު، މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، ރަނގަޅު ފެންވަރުގެ ދެކޮޓަރިއާއި ސިޓީންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކެ) ހުރި ގެއެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ރަނގަޅު ފެންވަރުގެ  ދެކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް (ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު) ހުރި ގެއެއް، މި ސްކޫލަށް ކުއްޔަށް ދޫކުރުމަށް ޝައެޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެންބަރ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00 އަށް، ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު، 2019 ޑިސެންބަރ 16  ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް ސިޓީހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

ދެންނެވިފައިވާގަޑިއަށް ޙާޟިރުވެ ލެއްވުމަށް އުޛުރުވެރިވެލައްވާ ބޭފުޅުން، 2019 ނޮވެންބަރ 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ރަސްމީގަޑީގައި މި ސްކޫލުގެ 6500538 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރުއްވާ ހުށައަޅުއްވާ ސިޓީ ޤަބޫލު ކުރެވެންނޯންނާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ނޮވެންބަރު 2019
ހޯދާ