މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެއިލް ކްލިއަރެންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

މެއިލް ކްލިއަރެންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

 1. މުސާރަ: މަހަކު -/4412 ރުފިޔާ ( ހަތަރުހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
 2. ސަރވިސް އެލަވަންސް: މަހަކު -/2941 ރުފިޔާ ( ދެހާސް ނުވަސަތޭކަ ސާޅީސް އެއް ރުފިޔާ)
 3. ޑެއިލީ އެލަވަންސް: މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.
 4. ފުޑް އެލަވަންސް: އެއަރޕޯޓުގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން ކޮއްތު ފައިސާ ލިބޭނެއެވެ.
 5. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މޭލް އޮޕަރޭޝަންސް ޑިވިޜަން

މަޤާމްގެ މަސްޢޫލިއްޔަތުތައް

 • އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން
 • އެއަރޕޯރޓުން މޭލް ގެނައުމާއި އެއަރޕޯރޓަށް މޭލް ގެންދިއުން
 • ކަނޑުދަތުރުކުރާ އުޅަނދުތަކަށް މޭލް ގެންދިއުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 • އަސާސީ ފެންވަރު ހުރުން ނުވަތަ،
 • ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
 • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • މަސައްކަތުގެ ދާއިރާއިން  ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
 • ކުރެވޭ އިންޓަރވިއު އިން ފާސްވުން
 • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ އަދި ދަތިކަމެއްނެތި ދަތުރުފަތުރުކޮށް އުޅެވޭނެ ފަރާތަކަށްވުން.
 • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން

ރަސްމީ މަސައްކަތު ގަޑި

 • ޑިއުޓީ އުޞޫލުން 8 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
 • ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
 • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 ޑިސެމްބަރ 01 ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

 • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://maldivespost.com/media/downloads

އިތުރު މަޢުލޫމާތު:

 • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
25 ނޮވެންބަރު 2019
ހޯދާ