މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ބައްތި ދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މަގު ބައްތި ދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ރަށުގެ މަގުތަކާއި ގޯޅިތަކަށް އަލިކުރުމަށް ބައްތި ދަނޑި ޖެހުމަށް ބޭނުންވާ މަގުބައްތި ދަނޑި ހަދައިދޭނެ ފަރާތެއް ހޯދުމަށް  ބޭނުން ވެއެވެ.

ވުމާއެކު މި ކައުންސިލުން ދޭ މަޢުލޫމާތާއި  ކުރެހުމާއި އެއްގޮތަށް 50 ބައްތި ދަނޑީ ވެލްޑިންގކޮށް ހަދައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ރ. މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގައި ރ. މާކުރަތު ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ.

މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިތްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

އިވެލުއޭޓުކުރުމުގައި މާކްސް ދެވޭ ބައިތައް ތިރީގައި މިވަނީއެވެ.

1- މަސައްކަތުގެ އަގަށް                       75 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                  15 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް    5 ޕޮއިންޓް

4- މިފަދަ މަސައްކަތުގެ ތަޖުރިބާ                   5 ޕޮއިންޓް

           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ރަބީޢުލްއައްވަލް 1441

25 ނޮވެންބަރު 2019
ހޯދާ