އެންޓިކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
Video Spot Competition

 

އެންޓި-ކޮރަޕްޝަން، އިންޓެގްރިޓީ ވީޑިއޯ ސްޕޮޓް މުބާރާތް 2019

 

އިޢުލާން

 

އިޢުލާން ނަންބަރު:

(IUL)123-D1/123/2019/2

މުބާރާތުގެ ނަން:

އެންޓި-ކޮރަޕްޝަން، އިންޓެގްރިޓީ ވީޑިއޯ ސްޕޮޓް މުބާރާތް 2019

މުބާރާތުގެ މަޤްޞަދު:

  1. އެންޓި-ކޮރަޕްޝަން ނުވަތަ ނަޒާހަތްތެރިކަމުގެ ސިފަތައް ކުރިއެރުވުމަށް ހިތްވަރުދޭ ވީޑިއޯ ސްޕޮޓްތަކެއް އުފެއްދުމުގެ ފުރުޞަތު މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް ފަހިކޮށް ދިނުން.
  2. ކޮޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރުދިނުން.
  3. ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި އާންމުން ހޭލުންތެރިކުރުމަށް ސޯޝަލް މީޑިއާ ޒަރީއާއިން އަދި ރާއްޖޭގެ ޓީވީ ޗެނަލްތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުވުމަށް ގެނެސްދެވޭނެ އެންޓި-ކޮރަޕްޝަން އަދި ނަޒާހަތްތެރިކަމާ ގުޅޭ ވީޑިއޯ ސްޕޮޓްތަކެއް އުފެއްދުން.
  4. ކޮރަޕްޝަނާއިމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ބާރުއެޅުން.

މުބާރާތް ބާއްވާ ތާރީޚް:

1 ޑިސެންބަރު 2019 – 31 ޑިސެންބަރު 2019

މުބާރާތުގައި ބައިވެވޭ ފަތާތްތައް:

-          ކެޓަގަރީ 1: ދަރިވަރުންގެ ބައި (18 އަހަރުން ދަށް)

-          ކެޓަގަރީ 2: އާންމު ފަރުދުންގެ ބައި (18 އަހަރުން މަތި)

-          ކެޓަގަރީ 3: ކޮލެޖް/ޔުނިވަރސިޓީގެ ޔޫނިއަން، އެކިއެކި ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައި

ކޮންމެ ކެޓަގަރީއަކުން ހޮވާނެ ވަނަވަނަ އާއި އިނާމް:

-          1 ވަނަ އިނާމް: 20,000 (ވިހިހާސް) ރުފިޔާ

-          2 ވަނަ އިނާމް: 15,000 (ފަނަރަހާސް) ރުފިޔާ

-          3 ވަނަ އިނާމް: 10,000 (ދިހަހާސް) ރުފިޔާ

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި:

-          2019 ޑިސެންބަރު 10 ވާ އަންގާރަ ދުވަހުގެ 14:00

-          ބައިވެރިވުމުގެ ފޯމު ފޮނުއްވާނީ [email protected] އަށް

ބައިވެރިވުމުގެ ފޯމު އަދި ޤަވާއިދު ލިބެން ހުންނާނީ:

www.acc.gov.mv

އިތުރު މަޢުލޫމާތު:

79153633015227/ ،  77842903015228/

 

20 ނޮވެންބަރު 2019
ހޯދާ