ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ އިމާރާތާއި ގޯތީގެ ސެކިޔުރިޓީ އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

މި ސްކޫލްގެ 2020 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

       ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތުސާފު ކުރެއްވުމަށްފަހު  24  ނޮވެމްބަރ  2019 ވާ އާދީއްތަ ދުވަހު 12:00  އަށް އަންދާސީ ހިސާބުހު ށައެޅުއްވުން އެދެމެވެ.
       މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގައާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުވުމަށް އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ.

             ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުން ނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

     މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.

        ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ނޮވެންބަރު 2019
ހޯދާ