ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިވެލި މައުރަޒު 2019

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަޤްޞަދުގައި "ރިވެލި މައުރަޒު 2019" ގެ ނަމުގައި 01 ޑިސެމްބަރ 2019 އިން 03 ޑިސެމްބަރ  2019 ނިޔަލަށް މާލޭގައި މައުރަޒެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ ހަމަޖައްސަވާފައެވެ. މިމައުރަޒުގައި ބައިވެރިކުރާ ތަކެތި ދައްކާލުމުގެ އިތުރުން ވިއްކުމާއި ، ވިއްކޭނެމަގު ތަނަވަސްކޮށް ދިނުމާއި މަޢުލޫމާތު ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

06 ނޮވެންބަރު 2019
ހޯދާ