ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފަންނު އެކްސްޕޯ 2019 އަށް ކަލާފާނު ސްކޫލްގައި ބެހެއްޓިފައި ހުންނަ ސްޓޯލްތައް އޮޕަރޭޓްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލުން (މުޅިން ހިލޭ)

ފަންނު އެކްސްޕޯ 2019 އަށް ކަލާފާނު ސްކޫލްގައި ބެހެއްޓިފައި ހުންނަ ސްޓޯލްތައް އޮޕަރޭޓްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލުން (މުޅިން ހިލޭ)

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން (އެމްއީޑީ) މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު "ފަންނު އެކްސްޕޯ 2019" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގޭގައި އެވެ. މި މައުރަޒު ބާއްވާ ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިނާއި އޮގަނައިޒިންގ ވަނީ އެމްއީޑީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ދެމެދު ވެވުނު އެމްއޯޔޫ އެއްގެ ދަށުން ބީސީސީއާއި ހަވާލުކުރެވިފައިއެވެ. މި މަޢުރަޒުގެ މަޤްސަދަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިގޮތުން މިއީ ދިވެހިރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ.

މިމައުރަޒާއި ގުޅިގެން ކަލާފާނު ސްކޫލްގައިވެސް ބައެއް ހަރަކާތްތަކެއް މައުރަޒު ބާއްވާ ހަތް ދުވަހު، ހިންގުމަށް ވަނީ ރޭވިފައިއެވެ. މިގޮތުން "ފަންނު އެކްސްޕޯ "2019 ކުރިއަށްދާއިރު ކަލާފާނު ސްކޫލްގައި ބެހެއްޓިފައި ހުންނަ ސްޓޯލްތައް އޮޕަރޭޓްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އަލުން ހުޅުވާލަމެވެ.

 

ކަލާފާނު ސްކޫލްގައި މި ހަރަކާތްތައް ހިންގުމަށް ރޭވިފައިވަނީ ހަތް ދާއިރާއަކަށް (ތީމް) ބަހާލައިގެންނެވެ. އެއީ:

1-      މޯލްޑިވިއަން ހީލާޒް (ދިވެހި ބޭސްވެރިން / ބޭސްވެރިކަން)

2-      އެމް.ވީ ޓެކް ޕެރެޑައިސް (އައި.ސީ.ޓީ ދާއިރާގައި ދިވެހިން)

3-      ހޭންޑީ މޯލްޑިވިއަންސް (ދިވެހި އަތްތެރިން / އަތްތެރިކަން)

4-      މޯލްޑިވްސް ހޭޒް ގޮޓް ޓެލެންޓް (ފޮޓޯގްރަފީ / ކުރެހުން / ޕެއިންޓިންގ)

5-      ސްޕެޝަލް ޓެލެންޓް ޝޯވ (ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުތައް)

6-      މޯލްޑިވިއަން ކިޗެން ރެސިޕީސް (ދިވެހި ރަހަތައް)

7-      ދި ބުކް ބާޒާރު (ދިވެހި އަދަބިއްޔާތު / ލިޔުންތެރިކަން)

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ޔޫ.އާރް.އެލް މެދުވެރިކޮށް މިކަމަށް ކުރިމަތިލެއްވުމަށް އެދި ދައުވަތު އަރުވަމެވެ.  

 

ޔޫ.އާރް.އެލް:http://bit.ly/fannukalaafaanu  

 

މި ސްޓޯލްތަކަކީ އެއްވެސް އަގެއް ނެގުމަކާއި ނުލައި މައުރަޒު އިންތިޒާމް ކުރާ ފަރާތުން ކަނޑައަޅާ އުސޫލެއްގެތެރެއިން ހިލޭ ފޯރުކޮށްދޭ ސްޓޯލްތަކެކެވެ. މިކަމަށް ކަނޑައެޅިފައިވާ ސުންގަޑި 15 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

4 ވަނަ ފަންގިފިލާ، ސަކީނާމަންޒިލް

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 548-3010

އީމެއިލް: [email protected]

 

05 ނޮވެންބަރު 2019
ހޯދާ