ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޕްރިންޓަރ ގަންނަން ބޭނުންވެއްޖެ

އިޢުލާން

 

ޕްރިންޓަރ ގަންނަން ބޭނުންވެއްޖެ

 

ޕްރިންޓަރއެއް ގަންނަން ބޭނުންވެގެން ކުރެވުނު މިބިއުރޯގެ ނަންބަރު. (IUL)457-AIT/2019/37 (10 އޮކްޓޯބަރު 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 11:00އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިފަދަ ތަކެތި ވިއްކާ، ސަރވިސް ކޮށްދޭ ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައެއް ނުގަނެވޭނެއެވެ.

 

މިބީލަމާއިބެހޭ މައުލޫމާތު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް  http://www.statisticsmaldives.gov.mv   އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

 

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008414 ނުވަތަ 3008410 އަށް ގުޅުއްވުން އެދެމެވެ.

 

އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

7 ރަބީޢުލްއައްވަލް 1441

04 ނޮވެންބަރު 2019
ހޯދާ