ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު

އިޢުލާން

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު

ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި، އަންނަނިވި ޖަމާޢަތްތަކާއި، ސަރަޙައްދުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވެއެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ  ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

ޓެރަރިސްޓް ޖަމާޢަތްތައް

1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)

2. އަލް ޤައިދާ

3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)

4. ލަޝްކަރޭ ޠައިބާ

5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

7. އަބޫ ސައްޔާފް ގްރޫޕް

8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް

9. އަލް ޝަބާބް

10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)

12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ

13. ޖައިޝޭ މުޙައްމަދު

14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)

15. ނޭޝަނަލް ތައުޙީދް ޖަމާޢަތް

16. ޖަމާޢަތު މިއްލަތޭ އިބްރާހީމް

17. ވިލާޔަތް އަލް ސޭލާނީ

18. ހައިއަތު ތަހްރީރު އަލް ޝާމް

19. ހުއްރާސް އައް ދީން

ހަނގުރާމަވެރި ސަރަޙައްދުތައް

ސީރިޔާގެ ހުރިހާ ސަރަޙައްދެއް

___________________

3 ރަބީޢުލްއައްވަލް 1441

31 އޮކްޓޫބަރު 2019
ހޯދާ