ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މުވައްޒަފުން ހޯދުން

 

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

 ހިންނަވަރު، ދިވެހިރާއްޖެ.

 

 

ހިންނަވަރުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް މުވައްޒަފުން ހޯދުން.

 

މަޤާމް:

ޑްރައިވަރު

ބޭނުންވާ އަދަދު:   02 (ދޭއް)

މުސާރަ:            

މަހަކު -/5500ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:   02 (ދޭއް)

މުސާރަ:            

މަހަކު -/5000ރ (ފަސްހާސް ރުފިޔާ)

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (މި މަސައްކަތަށް ނެގޭ ފަރާތްތައް 3 މަސްދުވަހުގެ ޕްރޮބޭޝަންއަށްފަހު މަސައްކަތަށް ރަނގަޅުނަމަ އިތުރު 3 މަސްދުވަހަށް މުއްދަތު އިތުރުކުރެވޭނެއެވެ.)

 

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ މަހަކު -/500ރ (ފައްސަތޭކަ ރުފިޔާ) އަށްވުރެ އިތުރުނުވާ ގޮތެއްގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި:

ހަފްތާއަކު 6 ދުވަހު ދުވާލަކު 8 ގަޑިއިރު

 

 

ފެންވަރު ނުވަތަ ޝަރުޠު:

1- ލިޔަން ކިޔަން އެނގުން. (ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ އެފެންވަރަށް ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު ހީވާގި މީހެއްކަމުގައިވުން.

3- ރަށުޕިކަޕް ދުއްވުމުގެ ލައިސަންސް އޮތުން.

4- އުމުރުން 18 އަހަރު ފުރި 55 އަހަރު ނުފުރޭ ދިވެއްސެއްކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް.

1. ރަށުގެ ގޭބިސީތަކާ ސަރުކާރުގެ އިދާރާތަކުންނާއި ފިހާރަ ރެސްޓޯރަންޓް ތަކުން ކުނިނަގައި ޕިކަޕްގައި ކުނިކޮށްޓަށް ގެންދިއުމާއި ކުނިއަޅަން ހަމަޖައްސާފައިވާ ގޮތެއްގެމަތިން ހަމަޖައްސާފައިވާ ކުނިއެޅުން.

2. ގޭބިސީތަކާ އެހެނިހެން ތަންތަނުން ނަގާ ޑަސްބިން ޕިކަޕަށް ހުސްކުރުމަށްފަހު އަނބުރާ ޑަސްބިން ޙަވާލުކުރުން.

3. ކުނި އުކުމުގެ މަސައްކަތުގައި ބޭނުންކުރާ ޕިކަޕް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.

4. ޕިކަޕް ޗާޖްކުރުމާ ޕިކަޕަށް ގެއްލުން ނުވާނެ ގޮތެއްގެމަތިން ޕިކަޕް ބެލެހެއްޓުން.

5. ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުން ޕިކަޕް ބާއްވަން ކަނޑައަޅާފައި އޮންނަ ތަނަށް ގެންދިއުން.

6. ކައުންސިލް އިދާރާއިން އަންގައިފި ހިނދެއްގައި އިދާރާއިން އަންގާގޮތެއްގެމަތިން އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެ މަސައްކަތެއް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ހިންނަވަރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

5- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

6- ރަށުޕިކަޕް ދުއްވުމުގެ ލައިސަންސްގެ ކޮޕީ.

7- އެއްވެސް ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

ކުނި އުކުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އުޅެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  ([email protected]) އަދި ފެކްސް 6620301 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ނޮވެމްބަރ 12 އާ 15 އާއި ދެމެދު ހިންނަވަރު ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އީމެލް ކުރާނީ [email protected] އަށެވެ.

ނޯޓް: މި ވަޒީފާތަކަށް ނެގޭ މުވައްޒަފުންގެ ޙާޞިރީއަށާ މަސައްކަތަށް ބަލައި ޙާޟިރީއަށް ފަރުވާތެރި މަސައްކަތަށް ޤާބިލުނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

 

31 އޮކްޓޫބަރު 2019
ހޯދާ