ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން ކަޕް- 2019 (ފިރިހެން ޑިވިޝަން ) ފަސްކުރުމާއިބެހޭ

                                          ނަންބަރ: VAM/IL/2019/7023

 

 

 

އިޢުލާން

 

ވޮލީބޯލް އެސޯސިއޭޝަން ކަޕް - 2019 (ފިރިހެން ޑިވިޒަން) ފަސްކުރުމާއިބެހޭ

 

   2019 ވަނަ އަހަރުގެ ސައިތު އޭޝިއަން ގޭމްސް އަށް ޤައުމީ ޓީމްތައް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ވޮލީބޯލް އެސޯސިއޭޝަންކަޕް 2019 އަށް އިންޑޯ ވޮލީބޯލް ކޯޓް ދޫކުރުމަށް ޝެޑިއުލް ކޮށްފިނަމަ، ޤައުމީ ޓީމްތަކުގެ ޕްރެކްޓިސް ކުރުމަށް ދަތިތަކެއް މެދުވެރިވެދާނެކަމަށް އެ ޓީމްތަކުގެ ކޯޗުން ލަފާދީފައިވުމާއި، ކްލަބް ތަކަށް އެސޯސިއޭޝަންކަޕަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިނުމުގެގޮތުން 02-15 ނޮވެމްބަރ 2019 އަށް މި އެސޯސިއޭޝަންގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "ވޮލީބޯލް އެސޯސިއޭޝަން ކަޕް-2019 ( ފިރިހެން ޑިވިޒަން ) ބާއްވާނެ ތާރީޚެއް ސައުތު އޭޝިއަން ގޭމްސް އަށް ފަހު އިޢުލާންކުރެވޭނެކަމުގައި ދަންނަވަމެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަށް ދިމާވެދާނެ ދަތިތަކަށް ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން މަޢާފަށް އެދެމެވެ.

             28 އޮކްޓޯބަރ 2019

28 އޮކްޓޫބަރު 2019
ހޯދާ