އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާގުޅޭ

މިރަށުގައި އަލަށް ގާއިމްކުރެވުނު 2 ވޮލީ ކޯޓް އަދި ނެޓްބޯޅަ ކޯޓުގެ ސަރަހައްދުން ކަނޑާލެވިފައިވާ ރުއްވަކަރާއި ގަސްލަކުޑިތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.   

ވީމާ، މިތަކެތި ނީލަމުން ބައްލަވައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޮކްޓޫބަރު 2019 ވާއާދީއްތަ ދުވަހު 16:30 އަށް މިރަށުގެ އިރުމަތީފަރާތުގައި އާޅާފައިވާ ބަށިކޯޓާއި ނެޓްބޯޅަ ކޯޓާއި ދެމެދުގައިވާ މަގުމައްޗަށް ވަޑައިގެންދެއްވުންއެދި ދައުވަތު އެރުވީމެވެ. މި ނީލަމުގައި، ނީލަންކިޔޭތަކެތީގެ މައުލޫމާތު ތިރީގައި މިވަނީއެވެ.

  1. މިރަށުގެ އިރުމަތީފަރާތުގައި އާޅާފައިވާ ބަށިކޯޓާއި ނެޓްބޯޅަ ކޯޓާއި ދެމެދުގައިވާ މަގަށް ޖަމާކުރެވިފައިވާ ރުއްވަކަރާއި ގަސްލަކުޑިތައް.
  2. މިރަށުގެ ހުޅަނގުފަރާތުގައި އަޅާފައިވާ ވޮލީކޯޓް ކައިރީގައި ޖަމާކުރެވިފައިވާ ރުއްވަކަރާއި ގަސްލަކުޑިތައް.
23 އޮކްޓޫބަރު 2019
ހޯދާ