މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުގެ ނޫރު މިސްކިތުގެ ފާޚާނާހޮޅި ނަރުދަމާ ނިޒާމަށް ގުޅައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާއިއެއްގޮތަށް ރ. ހުޅުދުއްފާރުގެ ނޫރު މިސްކިތުގެ ފާޚާނާ ހޮޅި ނަރުދަމާ ނިޒާމަށް ގުޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 31 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 13:00ށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގެން، 12 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 13:00ށް ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުއާއި ބިޑް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އޮކްޓޫބަރު 2019
ހޯދާ