އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަންބަރު: IUL)426-AB/426/2019/384) އިޢުލާނުގެ 1 ވަނަ ނަންބަރުގައިވާ ބިމުގެ މަޢުލޫމާތު އިޞްލާހުކުރުން

އިޢުލާން

އައްޑޫސިޓީގެ ހިތަދޫ އަވަށުގެ 2 ބިން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލާ މިއިދާރާއިން ޢާއްމުކޮށްފައިވާ ނަންބަރު (IUL)426-AB/426/2019/384: އިޢުލާނުގެ 1 ވަނަ ނަންބަރުގައިވާ ބިމާއި ގުޅިގެން އިޢުލާނުގައި ދެވިފައިވާ މަޢުލޫމާތާއި އަދި އެބިމަށް ވިއްކުމަށް ހަމަޖެހިފައިވާ ބިޑު ޑޮކިއުމެންޓުގައިވާ މަޢުލޫމާތުގެ ބައެއް ބައިތަކަށް ބަދަލުގެނައުމަށް ނިންމާފައިވާތީ، ޙަވާލާދީފައިވާ އިޢުލާނުގެ 1ވަނަ ނަންބަރުގައިވާ ބިމުގެ މަޢުލޫމާތު ތިރީގައި މިދަންނަވާ ގޮތަށް އިޞްލާހުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.  

#

ބިން އޮތް ތަން

ބިން ދޫކުރެވޭ ބޭނުން

1

ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗުގެ އިރުން ޗެކާރސް އާއި ދެމެދު އޮތް 4000 އަކަފޫޓުގެ ކުލީ ބިން

ހިތަދޫ އަވަށުގައި ޖިމެއް ތަރައްޤީކުރުމަށް.

 

 އަދި ޙަވާލާދީފައިވާ އިޢުލާނުގައިވާ 1 ވަނަ ނަންބަރު ބިމަށް ވިއްކުމަށް ހަމަޖެހިފައިވާ  ބިޑު ޑޮކިއުމެންޓުގެ މަޢުލޫމާތުގެ ބައެއް ބައިތަކަށް ގެނެވޭ ބަދަލުތަކާއެކު ބިޑު ޑޮކިއުމެންޓް އިޞްލާހުކޮށް، އަލުން ބިޑު ވިއްކުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޯބަރ 22އިން 28ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ޙަވާލާދީފައިވާ އިޢުލާނާއި ގުޅިގެން 1ވަނަ ނަންބަރު ބިމަށް ބިޑު ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށް، އިޞްލާހުކޮށް ވިއްކުމަށް ހަމަޖެހިފައިވާ ބިޑު ޑޮކިއުމެންޓް ހިލޭ ދޫކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

21   ޞަފަރު  1441

20 އޮކްޓޫބަރު 2019
ހޯދާ