ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު"މަސްޖިދުލްޢަމަލު" މިސްކިތުގެ ދޮރުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް.

މިރަށު "މަސްޖިދުލްޢަމަލު" މިސްކިތުގައިވާ އޭސީ ތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މިސްކިތުގެ ބޭރުން ވަށައިގެންވާ ދޮރުތައް (އެލްމުނިއަމް އިންހަދާ) ބަންދުކުރުމަށް ބޭނުންވެއްޖެއެވެ.

 

                ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ

21 އޮކްޓޯބަރ 2019 (ހޯމަ) ދުވަހުގެ 13:00 އަށް.

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ

24 އޮކްޓޯބަރ 2019 (ބުރާސްފަތި) ދުވަހުގެ 13:00 އަށް.

 

    

                މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

          

 

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

                11  ޞަފަރު 1441

                 10 އޮކްޓޯބަރ 2019

10 އޮކްޓޫބަރު 2019
ހޯދާ