މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ފ.މަގޫދޫ ސްކޫލްގެ ދެބުރީގެ ހަކުލާސްރޫމް ޢިމާރާތުގެ ކަރަންޓް ތްރީފޭސްއަށް ބަދަލްކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލްގެ ނަމްބަރު GS71-D/IUL/2019/17 ( 16 ސެޕްޓެމްބަރު 2019) އިން ކުރި އިއުލާނަށް ހުށައަޅާފައިވާ ބީލަންތަކުގެ ޝަރުތު ފުރިހަމަވެފައިނުވާތީ އަލުން އެ މަސައްކަތްކުރަމަށް ފުރުޞަތު ހުޅުވާލަމެވެ.
  2.  ފ.މަގޫދޫ ސްކޫލް 04 ކުލާސްރޫމާއި، އޮފީސް ހިމެނޭ 02 ބުރި އިމާރާތުގެ ކަރަންޓް 03 ފޭސް ކަރަންޓް އަށް ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތާއި ހަވާލުވާ ފަރާތުގެ އަމިއްލަ ތަކެތީގައި ބަދަލު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރ 10 އިން 2019 އޮކްޓޯބަރ 16 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޮކްޓޯބަރ 16 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުޅުވުން އޮންނާނީ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

 

  1. މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަގޫދޫ ސްކޫލް

ފޯން: 7952912

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

10 އޮކްޓޫބަރު 2019
ހޯދާ