ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020

ފުޓްބޯޅަ އެސޯސިއޭޝަން އޮފްމޯލްޑިވްސް

މާލެ، ދިވެހިރާއްޖެ.

 

                                                              ނަންބަރު:FAM/IUL/2019/028

އިއުލާން

                       މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މި އެސޯސިއޭޝަނާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު " ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް " ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވި ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ މުބާރާތް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ މައިގަޑު މަޤުސަދަކީ ރަށު ފެންވަރުގައި ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފަުރުސަތު ހުޅުވާލުމާއި ރަށުގައި ހަރާކާތްތެރިވަމުންދާ ކްލަބް ޖަމްޢިއްޔާ ޖަމާއަތްތަކަށް ފުރުސަތު ހޯދައިދީ، އެކްލަބް ޖަމްޢިއްޔާ ޖަމާއަތްތަށް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގައެވެ.

                ފޯމެޓަށް ގެނެވުނު ބަދަލްތަކުގެ ތެރޭގައި " ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 "އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތް ކުޅެވޭނީ އެރަށެއްގެ ކްލަބް ، ޖަމްއިއްޔާ ، ޖަމާޢަތް ތަކަށެވެ. މި މުބާރާތް ރާވާ ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

                ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020 އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތަށްފަހު، ކޮންމެ ރަށެއްގެ ޗެމްޕިއަން ޓީމް ކޮލިފައިވާނީ ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަން ޝިޕް 2020 ގެ ފުރަތަމަ ބުރަށެވެ. ފުރަތަމަ ބުރު ކުޅެވޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މިމުބާރާތް ރާވާ ހިންގާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ. މި މުބާރާތް ކުޅެވޭނީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ވެފައިވާ ކުލަބް، ޖަމްއިއްޔާ، ޖަމާއަތަކަށެވެ. އަދި އެރަށަކުން ޗެމްޕިއަންގެ ގޮތުގައި އަންނަ ޓީމުގައި ރަށުގެ ނަން އިންނަންވާނެއެވެ.      

މުބާރާތް

ހިންގާ ފަރާތް

ބައިވެރިވެވޭ ޝަރުތު

ރަށު މުބާރާތް

ރަށު ކައުންސިލް

ރަށަށް އާއްމުކޮށް ހުޅުވާލައިގެން (ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ނުކޮށް ކުޅެވޭނެ)

އަތޮޅު މުބާރާތް

(ހޯމް އެންޑް އަވޭ)

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރަށު މުބާރާތުގެ ޗެމްޕިއަން ޓީމަށް. އަދި މި ޓީމަކީ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބް، ޖަމްއިއްޔާ، ޖަމާއަތްތަކަށް ވާން ވާނެއެވެ.  

             

                މިގެނެވުނު ބަދަލްތަކާއިއެކު "ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020" ގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ރަށު ކައުންސިލްތަކުން ބައިވެރިވުމަށް އެދި 20 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 15:00 އަށް ސިޓީއަކުން ތިރީގައި މިދަންނަވާ އީމެއިލް އަށް ފޮނުވައި ދެއްވުމަށް ދަންނަވަމެވެ.

                މުބާރާތުގައި ބައިވެރިވާން އެދި ސިޓީ ފޮނުވާނީ [email protected] މި އީމެއިލް އަށެވެ. 

 

                   9 އޮކްޓޯބަރ 2019    


  

09 އޮކްޓޫބަރު 2019
ހޯދާ