މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-222723

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ، ރ. މާކުރަތު

ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް ޔުނިޓު (ޔުނިޓް ބީ)

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް

1-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް.

2-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ކައުންސިލްގެ ބިއުރޯގެ މަސައްކަތްތައް ކުރުން.

2. ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ، ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

3. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން ފޮނުވުން

4. ކައުންސިލްގެ އިދާރާގެ ކައުންޓަރ ބަލަހައްޓަންޖެހޭ ހާލަތުގައި ކައުންޓަރު ބެލެހެއްޓުން.

5. ކައުންޓަރަށް ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަތުމާއި ދުވަހު ފޮތުގައި ލިޔެ ދުވަހުން ދުވަހަށް ރިޕޯޓު ހަދާ ތިޖޫރީ ހަވާލުވެ ހުންނެވި މުވައްޒަފަށް ފައިސާއާއި ދުވަހު ރިޕޯޓު ހަވާލުކުރުން.

6. އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބުނަގައި ބެލެހެއްޓުން.

7. ރަށުގައި ރަށްވެހިވެފައިވާ މީހުންނާއި ރަށްވެހިނުވެ ދިރިއުޅެމުން ގެއްދާ މީހުންނާއި އަދި ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ އަޕްޑޭޓުކޮށް ބެލެހެއްޓުން

8. އިދާރީ ގޮތުން ކައުންސިލަށް ހޯދަންޖެހޭ ތަކެތީގެ އަގު ބެލުމާއި އެތަކެތި ހޯދުމުގެ މަސައްކަތް ކުރުން.

9. އުފަންވާ ކުދިންގެ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތްތައް ކުރުމާއި މަރުވާމީހުންނާއި ރަށުގެ ރަށްވެހި ކަމުން ކެނޑޭ މީހުން ރަޖިސްޓްރީއިން އުނިކުރުމުގެ މަސައްކަތް ކުރުން.

10. ރަށްވެހިންގެ ރަޖިސްޓްރީ ހެދުން

11. ކައުންސިލްގެ އިދާރާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު، ނޯޓު އަދި އިޢުލާނާއި ދެންނެވުންފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވުމާއި ޔުނިޓުގެ ފަރާތުން ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން

12. އެކިއެކި އިންތިޚާބުތަކާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

13. ޔުނިޓުގެ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

14. ޔުނިޓުތަކަށް ފޮނުވަންޖެހޭ މެމޯ ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ޔުނިޓުތަކާއި ޙަވާލުކުރުން، ފުރަންޖެހޭ ފޯމުތައް ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ފުރުން.

15. ރަށު ކައުންސިލްގެ އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ތަންތަނުގެ އިންވެންޓްރީ (ހަރުމުދަލުގެ ރަޖިސްޓްރީ) ލިޔެ އަޕްޑޭޓުކޮށް ބެލެހެއްޓުން.

16. ކައުންސިލްގެ އިދާރާއިން ބާއްވަންޖެހޭ އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ނޯޓު ނެގުމާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

17. ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 

18. ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

19. އިދާރާގެ އެހެން މުވައްޒަފަކު ޙާޟިރު ނުވާ ދުވަސްތަކުގައި އެމުވައްޒަފުންގެ މަސައްކަތް، ސުޕަރވައިޒަރ ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން ކުރުން.

20. އިދާރާގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމާއި ޖަވާބުދާރީވުން.

21. އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ހިންގޭ ހަރަކާތްތަކާއި ބޭއްވޭ ޙަފުލާތަކާއި ފާހަގަ ކުރެވޭ މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލު' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް މާކްސް ދެވޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

 

40

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

ނޯޓު: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހުންގެ ކްރެޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1- ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

2- ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން.

3- މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

4- ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޯބަރު 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ނުވަތަ [email protected]  އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 އޮކްޓޯބަރ 2019 އާއި 05 ނޮވެމްބަރ 2019 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009831، 4009833 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

09 މުޙައްރަމް 1441

08 އޮކްޓޫބަރު 2019
ހޯދާ