ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލް ކެފޭ އިމާރާތަށް ބައެއް އިތުރުކުރުން

މިހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރިންހުރި ކެފޭ ޢިމާރާތް މަރާމާތުކުރުމާއި އަދި އެޢިމާރާތާއިގުޅިގެން، ދެކުނަށް ބައެއް އިތުރުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

08 އޮކްޓޫބަރު 2019
ހޯދާ