މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މ.ދިއްގަރު ޞިއްހީ މަރުކަޒުގެ ވަޅު ހިމެނޭ ސަރަހައްދު ހިޔާކުރުމަށްފަހު ގުދަންހެދުން / މ.ދިއްގަރު ޞިއްހީ މަރުކަޒު

އިޢުލާން

          މި ހެލްތް ސެންޓަރުގެ ވަޅު ހިމެނޭ ސަރަޙައްދު ހިޔާކުރުމަށްފަހު ގުދަންހެދުމަށް ކުރެވުނު އިޢުލާން (އިޢުލާން ނަމްބަރ: (IUL)K8-HC/2019/02 އަށް ވާދަކުރާނެ 3 ފަރާތެއް ނެތުމުން، އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.  

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 7 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި ހެލްތް ސެންޓަރގެ އޮފީހަށް ވަޑައިގެން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހު ހެނދުނު ޕްރީބިޑް ސެޝަންއެއް މި ހެލްތް ސެންޓަރގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި މި ހެލްތް ސެންޓަރުގައެވެ.

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00ގެ ކުރިން [email protected] އަށް މެއިލް ކުރުން އެދެމެވެ. ނުވަތަ މި ހެލްތް ސެންޓަރ ފޯން ނަމްބަރ 6720596 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ރެޖިސްޓަރކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

07 އޮކްޓޫބަރު 2019
ހޯދާ