ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ވައިސް ޗާންސަލަރ – އެކަޑަމިކް އެފެއާރޒް

ވަޒީފާގެ ފުރުޞަތު

މަޤާމް:                  ޑެޕިއުޓީ ވައިސް ޗާންސަލަރ – އެކަޑަމިކް އެފެއާރޒް

ބޭނުންވާ ޢަދަދު:             1

މަޤާމުގެ މުއްދަތު:            ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • މުސާރަ:             20,000 ރުފިޔާ
  • ލިވިންގ އެލަވަންސް:    15000 ރުފިޔާ
  • ފޯން އެލަވަންސް މަހަކު:   500 ރުފިޔާ

ތަޢުލީމާ ތަޖުރިބާގެ ޝަރުޠުތައް:

  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް  9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛
  • ސަރުކާރުގެ، ނުވަތަ ޔުނިވަރސިޓީ ޤަބޫލުކުރާ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ނުވަތަ ކޮލެޖެއްގެ ނުވަތަ ޔުނިވަރސިޓީއެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ޓާރމިނަލް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ބައެއް ޝަރުޠުތައް:

  • މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ޔުނިވަރސިޓީ މަޖިލިހުގެ ހުއްދަ ލިބިގެންނެވެ.
  • ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ކައުންސިލުގެ ހުއްދައާއެކު އުފައްދާ އެކެޑެމިކް ޔުނިޓްތައް ކަޑައެޅިފައިވާ ސިޔާސަތާއެއްގޮތަށް ހިންގުން.
  • ޔުނިވަރސިޓީގެ ކޯސްތަކާއި ޕްރޮގްރާމުތައް ރިވިޔުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، އިތުރު ކޯސްތަކާއި ތަޢުލީމީ   ޕްރޮގްރާމުތައް ތަޢާރަފުކުރުމުގެގޮތުން ޕްލޭންތައް ރާވައި، ކުއްލިއްޔާގެ ތަޢުލީމީ ތަފާތު މަރުޙަލާތަކުގައި ކިޔަވައިދިނުމަށް ކޯސްތައް ފަރުމާކުރުމުގައި ވައިސް ޗާންސްލަރއަށް ލަފާދިނުމާއި، ފަރުމާކުރެވޭ ކޯސްތައް އެމް. ކިޔު. އޭ އިން އެކްރިޑެޓް ކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • އެކެޑެމިކު ޔުނިޓްތަކުގެ އިސްވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރާގޮތްބަލައި އިޞްލާޙުކުރަންޖެހޭކަންކަމާބެހޭގޮތުން އިރުޝާދުދިނުން.
  • އެކެޑެމިކު ޔުނިޓްތަކުގެ އިސްވެރިންނާ ދޭތެރެ ދޭތެރެއިން ބައްދަލުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ކިޔަވައިދިނުމުގެ  ފެންވަރު މަތިކުރުމުގެ ޕްލޭންތައް ރާވައި ހިންގުން.
  • ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާ ގުޅުން ބަދަހިކުރުމާއި ކުއްލިއްޔާގެ ކޯސްތައް އެތަންތަނުން ޤަބޫލުކުރުމުގެ މަސައްކަތް ރާވައި ހިންގުން.
  • ކިޔަވައިދިނުމާއި ކޯސްތައްހިންގުމާއި ކޯސްތައް ފަރުމާކުރުމުގައި ކުއްލިއްޔާތަކާއި ސެންޓަރުތަކަށް އެހީތެރިވެދިނުން.
  • ޔުނިވަރސިޓީ މަޖްލިސްގެ ހުއްދައާއެކު އުފައްދާ އެކެޑެމިކް ޔުނިޓްތައް ކަޑައެޅިފައިވާ ސިޔާސަތާއެއްގޮތަށް ހިންގުން.
  • ޔުނިވަރސިޓީގެ ކޯސްތަކާއި ޕްރޮގްރާމުތައް ރިވިޔުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، އިތުރު ކޯސްތަކާއި ތަޢުލީމީ   ޕްރޮގްރާމުތައް ތަޢާރަފުކުރުމުގެގޮތުން ޕްލޭންތައް ރާވައި، ޔުނިވަރސިޓީގެ ތަޢުލީމީ ތަފާތު މަރުޙަލާތަކުގައި ކިޔަވައިދިނުމަށް ކޯސްތައް ފަރުމާކުރުމުގައި ވައިސް ޗާންސްލަރއަށް ލަފާދިނުމާއި، ފަރުމާކުރެވޭ ކޯސްތައް އެމް. ކިޔު. އޭ އިން އެކްރިޑެޓް ކުރުމުގެ އިންތިޒާމު ހަމަޖެއްސުން.
  • ޢިލްމީ ބައްދަލުވުންތައް އިންތިޒާމުކުރުން.
  • އެކަޑެމިކް ބޯޑާއި އިމްތިޙާން ކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ވިލަރެސްކުރުން.
  • ކިޔަވައިދޭ ސްޓާފުންގެ ޢިލްމީ ހުނަރާއި ޤާބިލްކަން އިތުރު ކުރުމުގެ ގޮތުން ހުނަރު ޕްރޮގްރާމްތައް ފަރުމާ ކޮށް މަދުވެގެން ކޮންމެ ސެމިސްޓަރ އަކު އެއްފަހަރު ހިންގުން.
  • އެކެޑެމިކު ޔުނިޓްތަކުން ކުއްލިއްޔާތަކާއި ސެންޓަރުތަކުގައި ކިޔަވައިދޭ ކޯސްތަކާއި، ރިސާރޗް މަސައްކަތާއި، އެނޫންވެސް ޢިލްމީ ޙަރަކާތްތައް ހިގާނުހިގާގޮތް ބެލުން.
  • ޔުނިވަރސިޓީގައި ކިޔަވައިދެއްވާ ލެކްޗަރާރުންނާއި އެނޫންވެސް ބޭރުގެ ޢިލްމީ ހުނަރުވެރި ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދޭދޭނޭ އިންތިޒާމެއް ހަމަޖެއްސުން.
  • ދަރިވަރުންގެ ކިޔެވުމާއި އަޚްލާޤާގުޅޭކަންކަމުގައި ދަރިވަރުންގެ މަންދޫބުންނާ ބައްދަލުކޮށް އެދަރިވަރުންގެ ޝަކުވާތައް  އަޑުއަހައި ޖަވާބުދާރިވެވޭނެ އިންތިޒަމު ހަމަޖެއްސުން
  • ޔުނިވަރސިޓީގެ ދަރިވަރުންނަށް ބޭރުގެ ތަޢުލީމި މުއައްސަސާތަކުން ސްކޯލަރ ޝިޕު ލިބޭނޭ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރުން.
  • ޔުނިވަރސިޓީގެ ލެކްޗަރާރުންގެ ކިޔަވައިދެއްވާ ގަނޑިތައް ނަންގަވަމުންދަނީ ޔުނިވަރސިޓިގެ ހެދިފައިވާ ވޯކްލޯޑް ޕޮލިސީއާއި އެއްގޮތަކަން ކަށަވަރުކުރުން.
  • ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހޭ ސްކޯލަރޝީޕްތަކާއި ތަޢުލީމީ އެވޯރޑްތަކުގެ ކްރައިޓީރިއާ އެކެޑެމިކު ބޯރޑުގެ ލަފާގެމަތީން ކަޑައެޅުމާއި ކަމާބެހޭ ރިކޯރޑްތައް ބެލެހެއްޓައި ވިލެރެސްކުރުން.
  • ޔުނިވަރސިޓީގެ ހުއްދަލިބިގެން ބޭރުގެ ތަޢުލީމީ މުއައްސަސާތަކުގައި ހިންގާ ކޯސްތައް ވިލަރެސްކުރުން.
  • ޔުނިވަރސިޓީގެ އެކެޑަމިކު ކަންކަމާގުޅޭގޮތުން އެވަގުތަކު ވައިސް ޗާންސަލަރު ޙަވާލުކުރާ މަސްއޫލިއްޔަތެއް އަދާކުރުން.
  • ޔުނިވަރސިޓީގެ ޢިލްމީ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި، މަދުވެގެން އަހަރަކު އެއްފަހަރު ވައިސް ޗާންސްލަރގެ ލަފާގެ ދަށުން އެކެޑެމިކު އޮޑިޓެއްކުރުން
  • ޔުނިވަރސިޓީގެ ކޯސްތަކުން ދަސްވެނިވާ ދަރިވަރުންގެ ނަތީޖާ، އެކެޑެމިކު ބޯރޑަށް ހުށަހަޅައި. އެ ބޯރޑުން ފާސްކުރާ ދަރިވަރުންގެ ތަޢުލީމީ ނަތީޖާތައް، ޔުނިވަރސިޓީގެ މަޖްލިސުން ތަޞްދީޤުކުރުމަށްޓަކައި، ޔުނިވަރސިޓީ މަޖްލިސަށް ހުށަހެޅުން
  • ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ މޮޑިޔުލުތަކުން ހޯދާ ނަތީޖާތައް ޔުނިވަރސިޓީގެ އެކެޑެމިކު ބޯރޑަށް ހުށަހެޅުން.

 

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދެވޭނީ އަދާކުރަމުންދާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 އަށެވެ. ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.
  • އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް ކޮންޕިޓެންސީ ޓެސްޓްއާއި އިންޓަރވިއުކުރުން އޮންނާނީ 15 އޮކްޓޯބަރ 2019 އާއި 30 ނޮވެމްބަރ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި ކޮންޕިޓެންސީ ޓެސްޓްއާއި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެނަމަ އެކަން އަންގާނެ ވާހަކަ ދަންނަވެމެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
  • ޑެޕިއުޓީ ވައިސް ޗާންސަލަރުންގެ މަޤާމަށް މީހަކު ހޮވުމަށްޓަކައި ކުރިއަށް ގެންދެވޭ މަރުހަލާތަކާއި މަޤާމަށް އައްޔަނުކުރެވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ މާކުސް ޑެޕިއުޓީ ވައިސް ޗާންސަލަރުންގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގައި ވާނެއެވެ. މިމަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބްސައިޓް ލިންކް: https://www.ium.edu.mv/gazette/260919/
02 އޮކްޓޫބަރު 2019
ހޯދާ